މެސީ އަނިޔާގައި، މިރޭ މޮނާކޯއާއި ދެކޮޅަށް ނުކުޅޭނެ

އަނިޔާގެ ސަބަބުން މިރޭ ފްރާންސް ލީގުގައި މޮނާކޯ އާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި އެޓީމުގެ އިތުބާރު ފޯވާޑް ލިއޮނެލް މެސީ ނުކުޅޭނެ އެވެ. މިރޭ މޮނާކޯ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ...

11 Feb 2023 | 12:17

އަނިޔާގެ ސަބަބުން މިރޭ ފްރާންސް ލީގުގައި މޮނާކޯ އާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި އެޓީމުގެ އިތުބާރު ފޯވާޑް ލިއޮނެލް މެސީ ނުކުޅޭނެ އެވެ.

މިރޭ މޮނާކޯ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ބުނެފައިވަނީ އެންމެ ފަހުން ފްރާންސް ކަޕްގައި މާސޭއާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި މެސީގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ ކަމަށާއި މި އަނިޔާއާއި ގުޅިގެން މެސީ މިހާރު ހުރީ ކުޅުމާއި ދުރުގައި ކަމަށެވެ.

އަދި މެސީއަށް ލިބުނު މި އަނިޔާ މާ ސީރިއަސް ނޫން ނަމަވެސް މަދުވެގެން 48 ގަނޑިއިރުވަންދެން މެސީއަށް ފަރުވާދޭން ޖެހިފައިވާ ކަމަށް ގަލްޓިއޭ ވަނީ ބުނެފައެވެ. އެހެން ކަމުން މިރޭ ލީގުގައި މޮނާކޯ އާއި ދެކޮޅަށް މެސީ ނުކުޅޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ގަލްޓިއޭ ބުނީ މިރޭގެ މެޗާއި ކުރިމަތިލާއި އިރު، މުހިންމު ކުޅުންތެރިންތަކެއް އަނިޔާގައި ތިބުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި މި ކުޅުންތެރިން ނެތްތަން ފޫބެއްދުމަކީ ވެސް އުނދަގޫ މައްސަލައަކަށް ވާނޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ގަލްޓިއޭ އިތުރަށް ބުނީ އަންނަ ހޯމަ ދުވަހު ކުލަބުގެ ފަރިތަކުރުންތަކުގައި މެސީ އަށް ބައިވެރިވެވޭ ވަރުވާނޭ ކަމަށާއި އެހެން ކަމުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބަޔާންއާއި ދެކޮޅަށް ޕީއެސްޖީން ކުޅޭ މެޗުގައިި މެސީ ކުޅޭނެ ކަމަށެވެ. މީގެ އިތުރުން އަނިޔާގެ ސަބަބުން ކުޅުމާއި ދިުރުގައި ހުރި އެމްބާޕޭ ވެސް އަންނަ ހޯމަ ދުވަހު ފަރިތަކުރުން ތަކަށް ނުކުންނާނޭ ކަމަށް ގަލްޓިއޭ ވަނީ ބުނެފައެވެ.

" މިއީ ވަރަށް އުނދަގޫ ހާލަތެއް. މުހިންމު ކުޅުންތެރިންތަކެއް އަނިޔާގައި ތިބުމަކީ ކަންބޮޑުވާ ކަމެއް. މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން މެސީ ނުކުޅޭނެ. މިއީ ފޫބައްދަން އުނދަގޫ މައްސަލައެއް،" ނޫސްވެރިންނާއި ވާހަކަ ދައްކަމުން ގަލްޓިއޭ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް