ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް އިއްޔެ ގެއްލުން ދިން މައްސަލައި ގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.
މިކަމާއި ގުޅިގެން "ދުވަސް"އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގާބުރިއެއް އެއްލައި ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށެވެ.
މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ގާބުރިއެއް އެއްލައި ބިއްލޫރި ގަނޑު ތަޅާލި ވަގުތު ޕޮލިސް ސްޓޭޝަނުގެ އެތެރޭގައި ހުރި ފުލުހަކަށް އަނިޔާވެފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެ ފުލުހަށް ވަނީ ހޮސްޕިޓަލްގައި ފަރުވާ ދީފައި އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް