ކައިވެނި ކުރަން ތައްޔާރަށް ތިބި މީހުންނަށް އުފާވެރި ހަބަރެެއް: ޝެއިޚް ޒައިދުގެ ކައިވެނި އަލްބަމް މިމަހު 18 ގައި

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ކޮމްޕޯޒް ކޮށްފައިވާ މަދަހަތަކެއްގެ މައްޗަށް ބިނާކޮށް، ކައިވެނި ހަފްލާތަކުގައި ޖެހުމަށް ތައްޔާރު ކުރި އަލްބަމް މި މަހު 18 ގައި ނެރެން ތައްޔާރު ވެއ...

11 Feb 2023 | 09:52

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ކޮމްޕޯޒް ކޮށްފައިވާ މަދަހަތަކެއްގެ މައްޗަށް ބިނާކޮށް، ކައިވެނި ހަފްލާތަކުގައި ޖެހުމަށް ތައްޔާރު ކުރި އަލްބަމް މި މަހު 18 ގައި ނެރެން ތައްޔާރު ވެއްޖެ އެވެ.

މިކަން ހާމަކޮށް ޒައިދުގެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައިވެނީގެ ނަމުން ނަންދީފައިވާ މި އަލްބަމް މި މަހުގެ 18 ވަނަ ދުވަހު ރިލީސް ކުރެވޭނެ ކަމަށެވެ.

އަދި މިއީ ކައިވެނި ހަފްލާތަކުގައި ޖެހުމަށް ކައިވެނީގެ އުފާވެރިކަން އިހްސާސްކުރުމަށް ތާރަ އާއި އެކު ތައްޔާރު ކުރެވުނު އެންމެ ފުރަތަމަ އަލްބަމު ކަމަށް ޒައިދު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މި އަލްބަމު ތައްޔާރު ކުރުމުގައި އެހީތެރި ވެދެއްވި އެންމެހާ ބޭފުޅުންނަށް ޒައިދު ވަނީ ޝުކުރު އަދާ ކޮށްފަ އެވެ.

ކައިވެނި އަލްބަމްގެ ލަވަތައް ކިޔާފައިވަނީ ޒައިދްގެ އިތުރުން، ހުސައިން އަލީ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަ) އާއި އިބްރާހިމް ޒައިދް އަލީ (ކުޑަ އިއްބެ) އަދި ޝަލަބީ އިބްރާހިމް ހިމެނޭހެން ޖުމްލަ 12 ވޯކަލިސްޓުންނެވެ.

ޒައިދު ކޮމްޕޯޒްކޮށްފައިވާ މަދަހަތަކެއްގެ މައްޗަށް ބިނާކޮށް، ކައިވެނި ހަފްލާތަކުގައި ޖެހުމަށް ތާރައިގެ އަލްބަމެއް ނެރެން ތައްޔާރުވެފައި ވާއިރު، އޮންލައިން މީޑީއާ އެއްގައި ޒައިދު ވިދާޅުވީ، ތާރައަކީ އިސްލާމް ދީނުގެ ޝަރުއީ ހަދީސުން ސާބިތުވާ ހުއްދަ އެއްޗެއް ކަމަށެވެ.

އަދި މިއުޒިކް އިންސްޓްރޫމެންޓް ތަކުގެ ތެރެއިން ހަމައެކަނި ހުއްދަ ކަމަށް އިލްމުވެރިން އިއްތިފާގުވާ އިންސްޓްރޫމަންޓަކީ ތާރަ ކަމަށް ޒައިދު ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް