ދިރާގު ޕޯސްޓްޕެއިޑް ޕްލޭން ތަކާއި އެކު "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، ކޯލްސް އަދި އެސްއެމްއެސް ލިބޭ ގޮތް ހަމަޖައްސައިފި އެވެ.
ދިރާގުން ބުނީ މި ޕްލޭންތައް ދިރާގުގެ އަޕްގްރޭޑްކޮށްފައިވާ ދެ ޕޯސްޓްޕެއިޑް ޕްލޭނަކުން ލިބޭނެ ކަމަށެވެ.
އެގޮތުން ޕޯސްޓްޕެއިޑް1000 ބޭނުން ކުރާ އަދި ނަގާ ފަރާތްތަކަށް 40 ޖީބީ ކޯރ ޑޭޓާ + "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސް.އެމް.އެސް އަދި ދިރާގުގެ ހުރިހާ ނަމްބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށްވެސް ހިލޭ ގުޅާލެވޭނެއެވެ.
އަދި ޕޯސްޓްޕެއިޑް1700 ބޭނުން ކުރާ އަދި ނަގާ ފަރާތްތަކަށް 100 ޖީބީ ކޯރ ޑޭޓާ + "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސް.އެމް.އެސް އަދި ދިރާގުގެ ހުރިހާ ނަމްބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށްވެސް ހިލޭ ގުޅާލެވޭނެއެވެ.
މި އާ ހިދުމަތާއި ގުޅޭގޮތުން ދިރާގުގެ މެނޭޖަރ ކަސްޓަމާ ވެލިއު މެނޭޖްމެންޓް، އައިޝަތު އިޝާނާ ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭ، ގިނަ އޮޕްޝަންތަކެއް ލިއްބައިދޭ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ފަރުމާކުރުމަށް ކަމަށެވެ. މިގޮތުން މިގެނުވުނު ބަދަލުތަކާއެކު ކަސްޓަމަރުންނަށް އިތުރު އަގަކާނުލާ ގިނަ ޑޭޓާ ލިބި އަދި އެފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެނެ ކަމަށެވެ.
އަޕްގްރޭޑްކުރަން ބޭނުންވާ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އަޕްގްރޭޑްކޮށްލެވޭނެއެވެ. މި ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު ލިބޭނެ އެވެ.
ދިރާގުން މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް