އަހަރުގެ ފުރަތަމަ މަހު މުދަލު ޒަކާތުގެ ގޮތުގައި ފަސް މިލިއަން ލިބިއްޖެ

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ މަހުގެ ތެރޭގައި 5.1 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. އެގޮތުން މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނު އަދަދާ އަޅާބަލާއިރު 1.9 މިލިއަން ރުފިޔާ މަދު އަދަދެކެ...

11 Feb 2023 | 08:54

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ މަހުގެ ތެރޭގައި 5.1 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެގޮތުން މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނު އަދަދާ އަޅާބަލާއިރު 1.9 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 91.5 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

އަދި 2021 ވަނަ އަހަރުވެސް މުދަލު ޒަކާތުގެ ގޮތުގައި 91.5 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

ކުރިން އިސްލާމިކް މިނިސްޓްރީއަށް ދައްކަމުން އައި މުދަލުޒަކާތް މީރާއިން ވަނީ  2016 ވަނަ އަހަރުން އެ އޮތޯރިޓީއަށް ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

މީގެ އިތުރުން މީރާއިން މިހާރު ވަނީ އެ އޮތޯރިޓީގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާ އަށް ހާޒިރުވެގެން ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް