ސްޓާ ޕަލަސްއިން ވަރަށް ތަފާތު ޑްރާމާއެއް ފަށަނީ، ދެބެއިން ވަނީ މައިދައިތަ އާއި ޅީދަރިއަށް!

އިންޑިއާގައި އެންމެ މަގުބޫލު ހިންދީ ޑްރާމާ ސިލްސިލާތައް ދައްކާ ސްޓާ ޕްލަސްއިން މުޅިން އާ ޑްރާމާ ސިލްސިލާއެއް ފަށަން ތައްޔާރުވަމުން އެބަދެ އެވެ. އެ ސިލްސިލާގެ ނަމަކީ "ޗަޝްނީ" އެވެ. ސަންދީޕް ސިކާންދު ޕް...

11 Feb 2023 | 08:40

އިންޑިއާގައި އެންމެ މަގުބޫލު ހިންދީ ޑްރާމާ ސިލްސިލާތައް ދައްކާ ސްޓާ ޕްލަސްއިން މުޅިން އާ ޑްރާމާ ސިލްސިލާއެއް ފަށަން ތައްޔާރުވަމުން އެބަދެ އެވެ.

އެ ސިލްސިލާގެ ނަމަކީ "ޗަޝްނީ" އެވެ. ސަންދީޕް ސިކާންދު ޕްރޮޑިއުސް ކުރާ މި ސިލްސިލާގެ ލީޑްރޯލުން ފެނިގެންދާނީ އަމަންދީޕް ސީދޫ އާއި ސްރިޝްތީ ސިންގް އެވެ. މި ސިލްސިލާ ދައްކަން ފަށާ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

މި ޑްރާމާގައި އަމަންދީޕް ފެނިގެންދާނީ އަލިފާން ނިވާމީހެއްގެ ރޯލުންނެވެ. "ޗަޝްނީ" އެހެން ޑްރާމާ ތަކާއި ތަފާތުވާ ކަމަކީ ވަރަށް ލޯބިން އެކުގައި އުޅެމުން އަންނަ ދެބެއިން ކަމަށްވާ އަމަންދީޕާއި ސްރިޝްތީ ދިމާވާ ހާދިސާއެއްގެ ސަބަބުން ޅީދަރި އާއި މައިދަތައަށް ބަދަލުވުމެވެ.

އެ ޑްރާމާގެ ޕްރޮޑަކްޝަން ޓީމުން މީޑިއާގައި ބުނެފައިވާ ގޮތުގައި އެ ޑްރާމާ ސިލްސިލާގައި ފެނިގެންދާނީ ޑްރާމާއަށް ކިޔާ ނަމާއި ސީދާ ދެކޮޅު ކަންކަން ކަމަށެވެ. ބޭނުމަކީ ބެލުންތެރިންނަށް ތަފާތު ރަހައެއްގެ އުފެއްދުމެއް ދައްކާލުން ކަމަށް ބުނެފައިވެ އެވެ.

ތަފާތުވުމުގެ އިތުރުން އިންޑިއާގެ އެހެން ޑްރާމާ ސިލްސިލާތަކޭ އެއްގޮތަށް ބަދަލު ހިފުމާއި ހިތާމަ އާއި އުފަވެރިކަމުގެ އިތުރުން ލޯތްބާއި، ރުޅިވެރިކަން އެންމެ ފުރިހަމަ ގޮތުގައި ދައްކައިދޭނެ ކަމަށް ބުނެފައިވެ އެވެ.

https://www.instagram.com/p/Cog-kaCqF6G/?hl=en

ސްޓާ ޕްލަސްއިން މީގެ ކުރިން މުޅިންވެސް އެއް ސްޓައިލެއްގެ ވާހަކަތައް ހުންނަ ޑްރާމާތައް ދައްކާ ކަމަށް ގިނަ ބަޔަކު ބުނާތީ މިދިޔަ ހަތަރު ވަރަކަށް އަހަރު ތެރޭގައި އެ ޗެނަލުން ފޯކަސް ކޮށްފައިވަނީ ކޮންމެ ޑްރާމާ ސިލްސިލާއަކީވެސް ތަފާތު ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ އާންމުން ބަލައިގެންނާނެ ފަދަ ޑްރާމާއަކަށް ހެދުމަށެވެ.

އެގޮތުން މިހާރު ދައްކާ ސިލްސިލާތައް ކަމަށްވާ "އަނޫޕަމާ"، "ތޭރީ މޭރީ ދޯރިޔާން"، "އިމްލީ" އަދި ރައްޖޯ ފަދަ ސިލްސިލާތަކަކީ އިންޑިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލު ސިލްސިލާތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް