ޤައުމެއްގެ ގޮތުގައި ކުރިއަރައި ދިޔުމުގައި ދުޅަހެޔޮ ބަދަހި ޖީލެއް ބިނާކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތައް ދަތުރު ދިޔުމަށް ތަރައްޤީކުރި ކުޑަގިރި ހުޅުއްވާ ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޤައުމެއްގެ ގޮތުގައި ކުރިއަރައި ދިޔުމުގައި ދުޅަހެޔޮ ބަދަހި ޖީލެއް ބިނާކުރަންޖެހޭ ކަމަށެވެ.
އެގޮތުން ކުޑަގިރި ޕިކްނިކް އައިލެންޑްގެ އެންމެ ބޮޑު ބޭނުމަކީ ދުޅަހެޔޮ ބަދަހި މުޖުތަމަޢަކަށް މަގުފަހިކުރުން ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
ހަމައެހެންމެ މާލެ ސަރަޙައްދުގައި ތޮއްޖެހިގެން، ނަފްސާނީ ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގައި ދިރިއުޅޭ ފަރާތްތައް ދުޅަހެޔޮ ބަޔަކަށް ހެދުމަކީ ކުޑަގިރި ތަރައްޤީކުރި މައިގަނޑު މަޤްސަދުކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި ޤައުމެއް ކުރިއަރާނީ އެޤައުމެއް ނިސްބަތްވާ ރައްޔިތުންނަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ވެގެން ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސްގެ ވާހަކަފުޅުގައި އިޖުތިމާޢީ ގުޅުމާއި މުޖުތަމަޢުގެ ހަމަޖެހުން ދެމެހެއްޓުމަކީ މުހިއްމު އަމާޒެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ކުޑަގިރި ހުޅުވާ ޚިދުމަތް ދޭން ފެށުމުން ކުރެވޭ ތަޖުރިބާތަކުގެ އަލީގައި ގެންނަންޖެހޭ ބަދަލުތައް ގެނެސްދެއްވުމަށް ރައީސް ވަނީ އެޗްޑީސީއަށް އިލްތިމާސް ކުރައްވާފަ އެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ވައުދުތަކުގެ ދަށުން ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖްތިމާޢީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ހިންގާފައިވާ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް