އިންޑިއާއަށް ދަތުރު ކުރާ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހަދައިފި

އިންޑިއާ އަށް އެތެރެވުމަށް ފަހު، ހަތް ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވާން ޖެހޭ ގޮތަށް އޮތް އުސޫލަށް ބަދަލު ގެނެސްފިއެވެ. އިންޑިއާ އަށް ދަތުރުކުރާ މީހުން ހަތް ދުވަހުގެ މުއްދަތަކަށް ގޭގައި ކަރަންޓީނުވ...

11 Feb 2022 | 15:42

އިންޑިއާ އަށް އެތެރެވުމަށް ފަހު، ހަތް ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވާން ޖެހޭ ގޮތަށް އޮތް އުސޫލަށް ބަދަލު ގެނެސްފިއެވެ.

އިންޑިއާ އަށް ދަތުރުކުރާ މީހުން ހަތް ދުވަހުގެ މުއްދަތަކަށް ގޭގައި ކަރަންޓީނުވާ ގޮތަށް ނިންމީ މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑްގެ އައު ވޭރިއަންޓް އޮމިކްރޯން އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އެ ޤައުމުގެ ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ  އެނިންމުން މުރާޖާކުރުމަށް ފަހު އައު ގައިޑްލައިނެއް ނެރެފައެވެ. އެގޮތުން އަލަށް ނެރެފައިވާ ގައިޑްލައިނަށް އަމަލު ކުރަންފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަމުގައި ހާމަކުރެއެވެ.

އަލަށް ހެދި ގައިޑްލައިނުގައި ބުނެފައި ވަނީ ޤައުމަށް ދަތުރުކުރާ ބޭރު ގައުމުތަކުގެ މީހުން ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ކޮވިޑް-19 ގެ އަލާމާތެއް ފެނިއްޖެ ނަމަ، 14 ދުވަހަށް ކަރަންޓީނުވާން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

މި ގައިޑްލައިންގެ ދަށުން އިންޑިއާ އަށް އެތެރެވާ އެންމެން ވެސް ސެލްފް ޑިކްލަރޭޝަން ފޯމެއް އޮންލައިންކޮށް ފުރަންޖެހެއެވެ. އަދި ހަތްދިހަ ދެ ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު ކޮވިޑުން ދިފާއުވުމަށް ދެ ޑޯޒް ވެކްސިން ޖަހާފައިވާ ކަމުގެ ލިޔުން ވެސް ހުށަހަޅަން ޖެހެއެވެ.

މީގެ އިތުރުން އެ ޤައުމުގެ ހެލްތު މިނިސްޓްރީން ބުނީ ފިޔަވަޅުތައް ލުއި ކުރުމުން، އަންނަ ބަދަލުތައް

މޮނިޓާކުރަމުންދާނެ ކަމަށެވެ. މި ވަގުތު ދިން ލުޔަކީ އިގްތިސާދީ ހާލަތަށް ބަލާފައި ދިން ލުޔެއް ކަމަށް އެ ޤައުމުގެ ހެލްތް މިނިސްޓްރީން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް