ދިވެއްސަކު އުމުރަށް ޖަލަށްލާން ލަންކާގެ ކޯޓަކުން ހުކުމްކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެއްސަކު އުމުރުދުވަހަށް ޖަލަށްލާން ސްރި ލަންކާގެ ކޯޓަކުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި 265 ގްރާމް ހެރޮއިންގެންގުޅުމުގެ ކުށް ސާބިތުވެ، އޭނާގެ މައްޗަށް ހުކުމް ...

11 Feb 2022 | 12:49

މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެއްސަކު އުމުރުދުވަހަށް ޖަލަށްލާން ސްރި ލަންކާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި 265 ގްރާމް ހެރޮއިންގެންގުޅުމުގެ ކުށް ސާބިތުވެ، އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ ކޮލަމްބޯ ހައި ކޯޓުންނެވެ.

އެ ޤައުމުގެ ފުލުހުންގެ ނާކޮޓިކް ބިއުރޯއިން އޭނާ ހައްޔަރުކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ބަމްބަލަޕިޓިޔާ އިންނެވެ.

އޭނާގެ އިތުރުން މި މަައްސަލައިގައި ހައްޔަރު ކުރި އިތުރު މީހަކު ވަނީ އެ ދައުވާތަކުން ސަލާމަތްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް