ފަސް ރަށެއްގައި ހައުސިންގ ޔުނިޓް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާއި ރޭ ވަކިވަކިން ކުރި އިއުލާން ތަކުގައި ވަނީ ފަސް ރަށެއްގައި ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައެވެ.
އެގޮތުން އެ އިއުލާނުގައި ބުނީ ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ނ. ހޮޅުދޫ، ގއ. ވިލިނގިލީ އަދި ލ. ގަމުގައި ހައުސިންގ ޔުނިޓް އެޅުމަށް ޝައުގުވެރިވާފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އެޅުމަށް ހުޅުވާލާފައިވާއިރު ލ. ގަމުގައި 100 ހައުސިން ޔުނިޓް އެޅުމަށް ވަނީ ނިންމާފައެވެ.
މިލަންދޫގައި 50 ހައުސިންގ ޔުނިޓާއި ވިލިނގިލީގައި 50 ހައުސިންގ ޔުނިޓް އަދި ހޮޅުދޫގައި 30 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނީ މި މަސައްކަތާ ބެހޭ އެންމެހައި ލިޔެކިޔުންތައް މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.
އަދި މި މަސައްކަތައް ބީލަން ހުށައެޅުމަށް ހަމަޖެހިފައިވަނީ މާޗްމަހުގެ 3 ވަނަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް