ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ޕެޓްރޯލް ޝެޑެއް ހަދާނެ ބަޔަކު ހޯދަނީ

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ޕެޓްރޯލް ޝެޑެއް ހެދުމަށް އެޗްޑީސީން އިއުލާނުކޮށްފި އެވެ. އެޗްޑީސީން ކުރި އިއުލާނުގައިވާ ބުނެފައިވަނީ ޕެޑްރޯލް ޝެޑެއް ތަރައްގީ ކުރަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ މުނިސ...

11 Feb 2022 | 11:06

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ޕެޓްރޯލް ޝެޑެއް ހެދުމަށް އެޗްޑީސީން އިއުލާނުކޮށްފި އެވެ.

އެޗްޑީސީން ކުރި އިއުލާނުގައިވާ ބުނެފައިވަނީ ޕެޑްރޯލް ޝެޑެއް ތަރައްގީ ކުރަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ މުނިސިޕަލް ސާވިސް އޮޕަރޭޝަން (އެމްއެސްއޯ) ސަރަހައްދުގަ އެވެ.

މި އިއުލާނުގައި ވާގޮތުން ޕެޓްރޯލް ޝެޑު ހެދުމަށް ހުޅުވާލާފައި ވަނީ 100 ޕަސެންޓް ދިވެހި ކުންފުނިތަކަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 2 ގެ ކުރިން ބިޑް ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާނުގައި ވެއެވެ.

އެޗްޑީސީގެ އިއުލާނުގައި ވާގޮތުން ޕްރީ ބިޑް ބައްދަލުވުން އޮންނާނީ މިމަހުގެ 17 ގަ އެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މި ވަގުތު ވެސް ދެ ސަރަހައްދެއްގައި ޕެޑްރޯލް ޝެޑް ހިންގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް