ކުޑަކުދިން ބެލުމަށް ހާއްސަ ޑޭ ކެއާ ސެންޓަރެއް ހުޅުމާލޭގައި ހަދާނެ ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އިއުލާނުކޮށްފި އެވެ.
އެޗްޑީސީން ރޭގައި ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޑޭ ކެއާ ސެންޓަރު އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ބޯގަންވިލާ މަގުގައި އޮންނަ ލޮޓު ނަންބަރު 10949 ގައި ކަމަށެވެ.
ޑޭ ކެއާ ސެންޓަރު ތަރައްގީ ކުރުމަށް އެޗްޑީސީގެ ބިޒްނަސް މޮޑެލްއަކީ ޑިވެލޮޕްމަންޓް އެންޑް ލީސް ރައިޓްސް އެވެ.
ނަމަވެސް އެ އިއުލާނުގައި ބުނެފައިވަނީ އެ ނޫން ގޮތްގޮތަށް ވެސް ޕްރޮޕޯސަލް ހުށަހެޅިދާނެ ކަމަށެވެ. ކޮންމެ ގޮތަކަށް ޕްރޮޕޯސަލެއް ހުށަހެޅި ނަމަވެސް ދެ ފަރާތަށް ލިބޭ މަންފާތަށް ޕްރޮޕޯސަލްގައި ސާފުކޮށް ބަޔާން ކުރަންޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.
ހުޅުމާލޭ ހިޔާ ފްލެޓްތަކުގައި ޑޭ ކެއާ ސެންޓަރެއް ހަދަން މިދިޔަ އޮކްޓޯބަރ މަހު އެޗްޑީސީ އިން އިއުލާން ކުރިއެވެ. ނަމަވެސް އިއުލާނާ ބެހޭ އެއްވެސް މައޫލޫމާތެއް އެޗްޑީސީން ފަހުން ހިއްސާކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް