ކެނެޑާގައި ވެކްސިން ޖެހުން މަޖުބޫރުކުރުމާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް

ޓްރަކް ދުއްވާމީހުން އެމެރިކާ-ކެނެޑާ ބޯޑަރު ހުރަސްކުރުމަށް ވެކްސިން ޖަހާފައިހުރުން މަޖުބޫރު ކުރުމުގެ ސަބަބުން ކެނެޑާގައި ވަރުގަދަ މުޒާހަރާތަކެއް ކުރަންފަށައިފިއެވެ. މި އިހުތިޖާޖުތައް ފުޅާވެ، ކެނެޑާގެ ގ...

11 Feb 2022 | 09:26

ޓްރަކް ދުއްވާމީހުން އެމެރިކާ-ކެނެޑާ ބޯޑަރު ހުރަސްކުރުމަށް ވެކްސިން ޖަހާފައިހުރުން މަޖުބޫރު ކުރުމުގެ ސަބަބުން ކެނެޑާގައި ވަރުގަދަ މުޒާހަރާތަކެއް ކުރަންފަށައިފިއެވެ.

މި އިހުތިޖާޖުތައް ފުޅާވެ، ކެނެޑާގެ ގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ ސަރުކާރުގެ އުސޫލުތަކާ ދެކޮޅަށް ގިނަ އާންމުން ވަނީ މަގުމައްޗަށް ނުކުމެ ޝުޢޫރު ފާޅުކުރަން ފަށާފައެވެ.

ކެނެޑާގެ ވެރިރަށުގެ އެކި ސަރަހައްދު ތަކުގެ އިތުރުން އެގައުމުގެ ގާނޫނުހަދާ މަޖިލީހުކައިރީގައި ގިނަ އަދެއްގެ މީހުން އަންނަނީ އެއްވެ އެޑުއުފުލަމުންނެވެ.

މި އެންވުތާކާއި ގުޅިގެން އެގައުމަށް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

އެގައުމުގެ މީޑިއާތައް ރިޕޯޓްކުރާ ގޮތުގައި  މުޒާހަރާ ހުއްޓުވަން ނިކުމެ ތިބި ފުލުހުންނަށް ވުރެ މުޒާހަރާގެ ބައިވެރިން ގިނައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް