ރިޔާސީ އިންތިހާބުގައި 30 ޕަސެންޓު ވޯޓުން ވެރިކަން ލިބޭ ގޮތަށް ހެދުން ބޭނުންތެރި: ނަޝީދު

ރިޔާސީ އިންތިހާބުގައި 30 ޕަސެންޓު ވޯޓު ލިބޭ ބަޔަކަށް ވެރިކަން ލިބޭނެ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުން ބޭނުންތެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފ...

11 Feb 2022 | 05:55

ރިޔާސީ އިންތިހާބުގައި 30 ޕަސެންޓު ވޯޓު ލިބޭ ބަޔަކަށް ވެރިކަން ލިބޭނެ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުން ބޭނުންތެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުން އެދި ގޮވަނީ އެމްޑީޕީގެ ވެރިކަން ރާއްޖޭގައި އޮތުމަށް ކަމަށެވެ. އަދި ކުރިޔަށް އޮތް ފަސް އަހަރުވެސް އެމްޑީޕީގެ ވެރިކަން ރާއްޖޭގައި އޮތުމަކީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ އެ އަޑު އެހުމުގެ ގޮތުން ކޯލިޝަނަކައި ނުލާ ވެރިކަމަށް އާދަވޭނެ ގޮތެއް ހެދުމަށް 30 ޕަސެންޓުން ވެރިކަން ލިބޭގޮތް ހެދުން ބޭނުންތެރިކަމަށެވެ.

ގާނޫނު އަސާސީ ބުނާގޮތުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ 50 ޕަސެންޓު ވޯޓު ލިބޭ ކެންޑިޑޭޓަކަށެވެ. ފުރަތަމަ ބުރުން އެ އަދަދަށް ވޯޓު ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓަކާއި އެކު ދެވަނަ ބުރު ބާއްވައިގެން 50 ޕަސެންޓު ލިބޭ މީހަކު ކަނޑައަޅަނީ އެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުނުކޮށްފިނަމަ ދެން އެމްޑީޕީ ވެރިކަމުގައި ނޯންނާނެ ކަމަށް ދާދިފަހުން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ބެލެވޭ ގޮތުގައި ނަޝީދު އިސްވެ ހުންނަވައި މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ކޯލިޝަނަކައި ނުލާ ވެރިކަމަށް އާދެވޭނެ ގޮތެއް ހެދުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް