ވިހޭއިރު ހަތަރު ފައި ހުރި ކުއްޖެއްގެ ދެ ފައިވަކި ކުރުމަށް ކާމިޔާބު އޮޕަރޭޝަނެއް ކޮށްފި އެވެ.
ކަރްނާޓަކާގެ އަވަށަކަށް ނިސްބަތްވާ ދެމަފިރިއަކަށް ލިބުނު މި ފިރިހެން ކުއްޖާ ވިހާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. ވިހޭއިރު ހަތަރު ފައި ހުރުމުން އެ ކުއްޖާގެ މަންމަ ބުނެފައިވަނީ އެއީ އެމީހުންގެ ކަލާނގެ ދެއްވި ހަދިޔާއެއް ކަމަށެވެ.
އެއީ އާންމުކޮށް އިންޑިއާ އަދި ނޭޕާލްގައި ކުދިން އުފަންވާއިރު އިތުރު ގުނަވަންތަކެއް ހުރުމުން މީހުން ގަބޫލު ކުރާ ގަބޫލު ކުރުމެކެވެ. މި ކުއްޖާގެ އޮޕަރޭޝަން ކުރި ޑޮކްޓަރުން ބުނެފައިވަނީ އިތުރަށް ހަށިގަނޑާއި ގުޅިފައިވާ ދެ ފަޔާއި ގުނަވަންތަކަކީ އެއްމާބަނޑު ދެ ކުދިން ބަނޑުގައި އަށަގަތް ފަހުން ހެދިބޮޑުވުމުގައި މައްސަލައެއް ދިމާވެ ފައިވާތީ އެ ކުއްޖާ އާއި ގުޅިފައިވާ ބައެއް ކަމަށެވެ.
އިންޑިއާގެ ބެންގަލޫރުގެ ނަރަޔާނާ ހެލްތް ސިޓީގައި ކުރި ތިން ގަޑިއިރުގެ ދިގު މި އޮޕަރޭޝަން ކުރުމުގައި 20 ޑޮކްޓަރުން ބައިވެރިވި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޮޕަރޭޝަނަށް ފަހު ޑޮކްޓަރުން ބުނީ އެ ކުއްޖާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް