ގެއްލިގެން ހޯދަމުން ދިޔަ ކޮޅުވެއްޓިއާއި ދެމީހުން ފެނިއްޖެ، ތިން މީހުން ހޯދަނީ

ނުފެނިގެން ހޯދަމުން ދިޔަ "ކޮރަލް ކްރާފްޓް" ކޮޅުވެއްޓި ބަނޑުން ޖަހާލާފައި އޮއްވާ  ފެނިއްޖެ އެވެ. އެމްއެންޑީއެފުން ބުނީ އެ ކޮޅުވެއްޓި ފެނިފައިވަނީ ކަންނެލި މަސްވެރިކަން ކުރާ ދޯންޏަކަށް ކަމަށެވެ.  ކޮޅުވެ...

11 Feb 2015 | 14:30

ނުފެނިގެން ހޯދަމުން ދިޔަ "ކޮރަލް ކްރާފްޓް" ކޮޅުވެއްޓި ބަނޑުން ޖަހާލާފައި އޮއްވާ  ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ކޮޅުވެއްޓި ފެނިފައިވަނީ ކަންނެލި މަސްވެރިކަން ކުރާ ދޯންޏަކަށް ކަމަށެވެ.  ކޮޅުވެއްޓި ބަންޑުން ޖަހާލާފައި އޮއްވާ ފެނިފައިވަނީ ބ.ގޮއިދޫ ހުޅަނގު ފަރާތު 30 ހަކަށް މޭލު ބޭރުންނެވެ.

އެމްއެންޑީއެފުން ބުނީ ފަސް މީހުންނާއެކު ދަތުރުކުރަމުން ދިޔަ "ކޮރަލް ކްރާފްޓް" ކޮޅުވެއްޓި ބަނޑުން ޖަހާލާފައި އޮތް ސަރަހައްދުން ދެ މީހުން ފެނިގެން އެ ކަންނެލި ދޯންޏަށް ނަގާފައިވާ ކަމަށެވެ. އެ ސަރަހައްދުން ފެނިފައިވަނީ ދެ ދިވެހިންނެވެ. އަދި އެ ދެމީހުންގެ ހާލު ރަނގަޅެވެ.

އެމްއެންޑިއެފުން އެ ސަރަހައްދަށް ދަތުރު ކުރަމުންދާއިރު އޭގައި ދަތުރު ކުރި ދިވެއްސަކާއި ދެ ބަންގްލަދޭޝް މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ބުންޏެވެ،

ކ. ތިލަފުށިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރި އެ ކޮޅުވެއްޓީގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ ރޭ 10:45 ހާއިރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް