އެލްޖީއޭގެ ރައީސްކަމަށް ހޯމް މިނިސްޓާ އުމަރު ހޮވައިފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ހޮވައިފި އެވެ. އެލްޖީއޭ އިން ބުނީ އުމަރު އެ މަގާމަށް ހޮވުނީ މިއަދު ބޭއްވި އެ އޮތޯރިޓީގެ ބޯޑުގެ ބައްދަލުވުމުގަ...

11 Feb 2015 | 13:15

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ހޮވައިފި އެވެ.

އެލްޖީއޭ އިން ބުނީ އުމަރު އެ މަގާމަށް ހޮވުނީ މިއަދު ބޭއްވި އެ އޮތޯރިޓީގެ ބޯޑުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

ޖުމްލަ ނުވަ މެމްބަރުން ތިއްބަވާ އެލްޖީއޭ ބޯޑުގެ ރައީސްކަމަށް ކުރިމަތިލެއްވީ ވެސް އުމަރު އެކަންޏެވެ.

އުމަރަކީ ގާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ރައީސް ޔާމީން، އެލްޖީއޭ ބޯޑަށް އައްޔަން ކުރައްވާފައިވާ ވަޒީރެވެ.

އުމަރު އެލްޖީއޭ ބޯޑަށް އައްޔަން ކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަ އެވެ.

އޭގެ ކުރިން ރައީސް އައްޔަން ކުރައްވާ ވަޒީރުގެ ގޮތުގައި ހުންނެވީ ބޮޑެތި ތުހުމަތުތަކަކާއި އެކު ވަޒީރު ކަމުން ވަކިކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމެވެ. އޭނާ އެލްޖީއޭގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ވަނީ ގަވައިދާ ހިލާފަށް ކަންތައްތަކެއް ކުރައްވާ ކަމަށް ވިދާޅުވެ އިތުބާރުނެތްކަމުގެ ވޯޓެއްވެސް ނަގާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް