މުޒާހަރާ ކުރަން ވާނީ ގާނޫނާ އެއްގޮތަށް ކަން ހަނދުމަކޮށްދެން: ޕޮލިސް

ޚިޔާލު ފާޅުކުރުމާއި ޝުއޫރު ފާޅުކުރުމުގެ ގޮތުން އެއްވުންތަކާއި މުޒާހަރާތައް އިންތިޒާމްކޮށް އެފަދަ ޙަރަކާތްތައް ބާއްވާ ފަރާތްތަކުން، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތްވާ ގ...

11 Feb 2015 | 11:16

ޚިޔާލު ފާޅުކުރުމާއި ޝުއޫރު ފާޅުކުރުމުގެ ގޮތުން އެއްވުންތަކާއި މުޒާހަރާތައް އިންތިޒާމްކޮށް އެފަދަ ޙަރަކާތްތައް ބާއްވާ ފަރާތްތަކުން، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުތައް ބެހެއްޓެވުމަށް ހަނދުމަފުޅުކޮށް އަރުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން ބާއްވާ ޞުލްޙަވެރި މުޒާހަރާތަކާއި އެއްވުންތައް އިންތިޒާމުކުރާ ފަރާތްތަކަށް ފުލުހުން ދޭންޖެހޭ އެއްބާރުލާމާއި އެހީތެރިކަން ދޭނެ ކަމަށެވެ. އަދި ހަމައެހެންމެ އެފަދަ އެއްވުތަކާއި މުޒާހިރާތަކުގައި ބައިވެރިވާ މީހުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާކަމަށްވެސް ފުލުހުން ބުނެއެވެ.

"މާލޭގެ އެކި ސަރަޙައްދުތަކުގެ އިތުރުން ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ޤާނޫނާ ހިލާފަށް އެއްވެ އަޑުގަދަކޮށް ހަޅޭލަވައި، ގާނޫނާ ޚިލާފް އަމަލުތައް ހިންގުމަކީ ޤާނޫނުތަކުން ރައްޔިތުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ނެތިދާނެ ފަދަ ކަންކަމެވެ. ހަމައެހެންމެ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެއްވުން މަނާ ސަރަޙައްދުތަކާއި ތަންތަނަށް އެއްވުމަކީވެސް ޤާނޫނާ ޚިލާފަށް ކަމެއްކަމުގައި ދަންނަވަމެވެ." ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތާ ޚިލާފަށް، އެއްވުން މަނާ ސަރަޙައްދަކަށް އެއްވުމަށް ގޮވާލައި ހިތްވަރު ދެމުންދާނަމަ ނުވަތަ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ތިބޭ ފުލުހުން އަންގާ އެންގުންތަކާ ޚިލާފަށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، މުޖުތަމަޢުގެ އަމަން އަމާންކަން ގެއްލޭ ގޮތަށް ޢަމަލުކުރާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަޅާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް