ރާއްޖޭގައި ހާލުގައި ޖެހުނު އިންޑިއާ މީހާ ގައުމަށް ގެންގޮސްފި

ފިރިމީހާ މަރުވެ ރާއްޖޭގައި ހާލުގައި ޖެހުނު، ހާއްސަ އެހީއަށް ބޭނުންވާ އިންޑިއާގެ އަންހެންމީހާ އިންޑިއާއަށް ގެންގޮސްފި އެވެ. އިންޑިއާ ސަރުކާރުގެ ބެލުމުގެ ދަށުން އެ ގައުމަށް ނަބީސާ ބީ ގެންގޮސްފައިވަނީ އި...

11 Feb 2015 | 03:42

ފިރިމީހާ މަރުވެ ރާއްޖޭގައި ހާލުގައި ޖެހުނު، ހާއްސަ އެހީއަށް ބޭނުންވާ އިންޑިއާގެ އަންހެންމީހާ އިންޑިއާއަށް ގެންގޮސްފި އެވެ.

އިންޑިއާ ސަރުކާރުގެ ބެލުމުގެ ދަށުން އެ ގައުމަށް ނަބީސާ ބީ ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ނަބީސާ ބީ އާ ހަވާލުވީ އޭނާގެ އާއިލާގެ ބައެއް މެމްބަރުންނެވެ.

އިންޑިއާގެ މީޑިއާއިން ބުނާގޮތުން އެގައުމުގެ ސޯޝަލް ޖަސްޓިސް މިނިސްޓަރު އެމްކޭ މުނީރު ވަނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަރު ރަޖީވް ޝަހާރޭއަށް މިކަމާގުޅޭ ގޮތުން ސިޓީއެއް ފޮނުވިއެވެ.  އަދި ނަބީސާ ބީ އާ ހަވާލުވާން އިންޑިއާ ސަރުކާރުން ތައްޔާރުކަމަށް އެ ސިޓީގައި ބުނެފައިވާކަމަށްވެސް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކުޅުދުއްފުށީ ފިރިހެނަކާ ކައިވެނިކޮށްގެން ނަބީސާ ބީ މާލެ އައީ މީގެ 23 އަހަރު ކުރިންނެވެ. ކައިވެންޏަށް ދެ ދަރިން ލިބުނު ނަމަވެސް ހިތާމަވެރި ގޮތަކަށް ދެ ދަރިން ނިޔާވީއެވެ. އެއް ކުއްޖަކު ނިޔާވީ ވިހޭތާ ދެ ދުވަސް ނުވަނީހެވެ. އަނެއް ކުއްޖާ ނިޔާވީ ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަނިކޮށެވެ. ކެންސަރު ޖެހިގެންނެވެ. އިތުރު ދަރިއަކަށް ބަލިވެއިން ނަމަވެސް ބައި ގެންދިޔައީއެވެ. ހޮސްޕިޓަލުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން އެއްކޮށް ޕެރަލައިޒް ވިއެވެ. ދިވެހި ދައުލަތުގެ ބެލުމުގެ ދަށަށް ނަބީސާ ބީ ގެންދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް