މާލޭގެ ގެއެއް އިމާރާތް ކުރަން އުޅުމުގެ ތެރޭގައި ޖެހިގެންހުރި ގެ ގަނބައިގަނެ އަޑިއަށްދާތީ މީހުން ހުސްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކޮށްފިއެވެ.
އެ ކައުންސިލުން ބުނެފައިވާގޮތުގައި އިއްޒުއްދީން މަގު ހާމަ ފިހާރަ ކައިރީގައި ހުރި މ. ލަކީ ހެވަން ގެ ގަނބައިގަނެފައިވަނީ އެ ގެއާއި ޖެހިގެންހުރި މ. ނެވިގޭޓާގެ އިމާރާތް ކުރަމުންދަނިކޮށެވެ.
މ.ނެވިގޭޓަރ އިމާރާތްކުރަމުންދަނިކޮށް އެ ގެ ޖެހިގެން ހުރި ގެ މ.ލަކީހެވެންގެ ގަނބައިގަނެ އަޑިއަށްދާތީ އެގެއިން މީހުން ހުސްކުރުމުގެ މަސައްކަތުގައި އެ ދާއިރާގެ ކައުންސިލަރ އިބްރާހިމް އަބޫބަކުރު، pic.twitter.com/zHlhFBvMQ1
— Malé City Council (@MaleCitymv) January 11, 2025
ސިޓީ ކައުންސިލުން ބުނެފައިވަނީ އެކަން ހިނގަން މެދުވެރިވީ ނެވިގޭޓާ ގެ އިމާރާތް ކުރަމުންދިޔައިރު ޝީޓް ޕައިލް ނުކޮށް ހުކުރުމުގެ ސަބަބުންކަމުގައި ބެލެވޭކަމަށާއި މިހާރު މ. ލަކީ ހެވަން ގޭގެ ހަތަރު ކޮޓަރިއެއްގައި ދިރިއުޅޭ ހަތަރު އާއިލާއެއް އެތަނުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް