މާލޭގެ ހެންވޭރުގައި ހުރި ގެސްޓު ހައުސްއެއްގެ ފާހަނަތެރޭގައި ވެއްޓިފައި އޮތް މީހަކު ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށެވެ. މިކަމުގެ ރިޕޯޓު ދިވެހި ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު14:04ގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ނިޔާވެފައި ވަނީ އައްޑޫ ސިޓީ، ހުޅުދޫ، ބޮކަރުމާގެ، އަބްދުﷲ ޒަކީ (59އ) އެވެ.
މިކަމާއި ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން އަދި ދީފައެއްް ނުވެއެެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް