ޓިކްޓޮކް ތެރޭގައި އަންހެން ހެދިގެން އުޅޭ މުހައްމަދު ނަބީލް އަނެއްކާވެސް ޓިކްޓޮކް ތެރޭގައި އަންހެން ހެދުން އަޅައިގެން އާއްމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފުވަމުން ދާތީ އެކަމާއި އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދާއިރުވެސް ދިވެހި ފުލުހުން ތިބީ ހަނެވެ.
ޔާޔާ ނަބީލު ވަނީ މީގެ ކުރިން ވެސް ޓިކްޓޮކް ތެރޭގައި ބަރަހަނާ ވި މައްސަލައަކާއި އާއްމު އިޖުތިމާއީ މިންގަނޑާއި ހިލާފު ހެދުން އަޅައިގެން އުޅޭތީ ހައްޔަރަށް ގެންގޮސްފައެވެ. އެހެން ނަމަވެސް އަހަރެއް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު އޭނާ ވަނީ ނަސޭހަތް ދިނުމަށް ފަހު އަނެއްކާވެސް ދޫކޮށްލާފައެވެ.
އޭނާ ވަނީ އޭނާ ބަންދުން ދޫކޮށްލީ އަންހެން ހެދުއަޅައިގެން ނޫޅުމަށް ޝަރުތުކޮށްފައި ކަމަށް މީގެކުރިން އޭނާގެ އަމިއްލަ ޓިކްޓޮކް ލައިވް އެއްގައިވެސް ބުނެފައެވެ.
އެހެން ނަމަވެސް މި ފަހަކަށް އައިސް އޭނާ ދަނީ އަންހެން ހެދުން އަޅައިގެން ޓިކްޓޮކްތައް ކުޅެމުންނެވެ. މިކަަމާއި ގުޅިގެން ނޫސްވެރިންވެސް ވަނީ އެތައް ފަހަރެއްގެ މަތިން ކަންބޮޑުވުން ފާޅުކޮށް ފުލުހުންގެ ސަމާލުކަން އެކަމަށް ގެނުމަށް މަސައްކަތް ކޮށްފައެވެ.
އެތައް ފަހަރެއްގެ މަތިން ފުލުހުންގެ މީޑިއާ ގުރޫޕުގައި މިވާހަކަތައް ނޫސްވެރިން ދައްކަމުން ދާއިރުވެސް ފުލުހުން މިކަމަށް އެއްވެސް ޖަވާބެއް ދީފައި ނުވެއެވެ. އަދި މިކަން ހުއްޓުވުމަށް ވެސް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި މިފަދަ އަމަލުތަކަށް ފިޔަވަޅު ނޭޅި ކަމާ ބެހޭ އިދާރީތައް ފެއިލް ވުމަކީ އޭގެ ސަބަބުން މުޖުތަމައަށް އަސަރު ކުރާނެ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް