ރޭގައި ކުރި ވިއްސާރައިގާ މާލެއިން 7 ގެއެއްގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ރޭގައި މާލެއަށް ކުރި ވިއްސާރައިގާ ފެންބޮޑުވެ ގެއްލުންވުމުގެ ސަބަބުން 7 ގެއެއްގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައ...

11 Jan 2025 | 07:59

ރޭގައި މާލެއަށް ކުރި ވިއްސާރައިގާ ފެންބޮޑުވެ ގެއްލުންވުމުގެ ސަބަބުން 7 ގެއެއްގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވަނީ އެ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިމުގެ އިންތިޒާމު އެ އޮތޯރިޓީން ހަމަޖައްސައިދީފައިވާކަމަށެވެ.

އެ ފަރާތްތަކަށް އެކަންކަން ހަމަޖައްސައިދެވުނީ އެ ގެތަކުގެ ފާޚާނާތަކުން ނަޖިސް ލީކުވުމާއި ކައްކާ ކައިބޮއެ ހެދުމަށް ބުރޫއަރާ އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާ ހާލަތަށް ގޮސްފައިވާތީއެވެ.

ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުން އަންނައިރު އެމްއެންޑީއެފްއިން އެންމެ ފަހުން ބުނެފައިވަނީ މިހާތަނަށް 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ 528 ވެލިބަސްތާ ޖަހާދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް