ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޓްރާންސްފޯމަރުތަކަށް ގެއްލުން ދީފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ދެ ޓްރާންސްފޯމަރަކަށް ގެއްލުން ދީފިއެވެ. މިކަމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ އެކްސްގައި މިއަދު ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލ...

11 Jan 2025 | 06:05

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ދެ ޓްރާންސްފޯމަރަކަށް ގެއްލުން ދީފިއެވެ.

މިކަމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ އެކްސްގައި މިއަދު ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހައި ވޯލްޓޭޖް (އެޗް ވީ) ގެ ދެ ޓްރާންސްފޯމަރަށް ގެއްލުން ދީފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކަރަންޓު ކެނޑިގެންދިޔަ ކަމަށް ވެސް އެ ޕޯސްޓުގައި ފަހުމީ ވިދާޅުވެފައިވެއެވެ.

ފަހުމީ ވިދާޅުވީ، ވަށައިގެން ފާރު ރާޏާޢީ ޑަބަލް ލޮކްކޮށްފައި ހުންނަ ތަނަަކަށް ވަދެ ޓްރާންސްފޯމަރުތަކަށް ގެއްލުން ދިނީ ތަޅުތަކަށް ގެއްލުން ދިނުމަށް ފަހުގައި ކަމަށެވެ. އަދި އެޗްވީގެ ސްވިޗްތައް ނިއްވާލާފައި ހުރި ގޮތުން އެކަން ކޮށްފައިވަނީ ޓްރާންސްފޯމަރު ސިސްޓަމްތަކާއި އޭގެ އޮޕަރޭޝަންގެ ޓެކްނިކަލް މައުލޫމާތު އެނގޭ ބައެއްކަން އެނގޭ ކަމަށް ވެސް ފަހުމީ ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ޓްރާންސްފޯމަރު ފަދަ ނުރައްކާތެރި އިންްފްރާންސްޓްރަކްޗާއަކަށް ގެއްލުން ދިނުމަކީ އެކަން ކުރާ މީހާ ކަރަންޓުގައި ޖެހި ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

މި މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވީ، ކުރިއަށް އޮތްތާ މިފަދަ ކަންކަން ކުރިމަތިނުވާނެ ފަދަގޮތަކަށް ފިޔަވަޅުތަށް ހަރުކަށިކޮށްފައިވާ ކަން ފަހުމީ ފާހަގަކުރެއެްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް