ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މެންދުރު 01:00 އާއި ހަމައަށް ރީނދޫ ސަމާލު

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މެންދުރު 01:00 އާއި ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ. ރީނދޫ މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 09:00 އިން މެންދުރު 01:00 އާއި ދެމެދުގެ ...

11 Jan 2025 | 05:11

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މެންދުރު 01:00 އާއި ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ރީނދޫ މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 09:00 އިން މެންދުރު 01:00 އާއި ދެމެދުގެ ވަގުތަށެވެ. މި ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މިއަދު އުތުރާއި މެދުރާއްޖެއަށް ވިއްސާރަކޮށް ގުގުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް މެޓުން ލަފާކޮށްފައިވެއެވެ.

ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ބުނެފައިވާއިރު މިއަދު ކަނޑުތަކަށް ބަލައިލާއިރު ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެފައިވެއެވެ.

ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މިއަދު މެޓުން އިލްތިމާސްކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް