ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެ – 58 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފި

ރޭގައި ކުރި ވިއްސާރައިގާ މާލޭގައި ފެންބޮޑުވެއްޖެއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަތިހު 04:13 ހާއިރު ބުނެފައިވަނީ ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެގެން ވެލިބަސްތާ ޖ...

11 Jan 2025 | 04:56

ރޭގައި ކުރި ވިއްސާރައިގާ މާލޭގައި ފެންބޮޑުވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަތިހު 04:13 ހާއިރު ބުނެފައިވަނީ ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެގެން ވެލިބަސްތާ ޖެހުމާއި ފެން ހިއްކުމުގެ މަސއްކަތް ދިވެހި ސިފައިންނާއި ފުލުހުން އަދި މާލޭ ސިޓީ ކައުންސިލް ގުޅިގެން ކުރަމުން އަންނަކަމަށެވެ.

"ގޭބިސީތަކުގެ ހާލަތު ގާތުން މިދަނީ ބަލަމުން" އެންޑީއެމްއޭއިން ބުނެފައިވެއެވެ.

ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި ރޭ ދަންވަރުން ފެށިގެން ސަލާމަތީ ޚިދުމަތްތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފްއިން ހެނދުނު ބުނެފައިވަނީ މާލެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 58 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

މާލޭގެ އަށް ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން މަސައްކަތް ކުރަމުން އަންނައިރު މި މަސައްކަތުގައި މިހާތަނަށް 13882 ޓަނުގެ ފެން ހިންދާފައިވާކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް