އަފްގާން ފޮރިން މިނިސްޓްރީ ކައިރީ ޖާނުން ފިދާވެގެން ހަމަލާދީ 20 މީހުން މަރާލައިފި

އަފްޢާނިސްތާނުގެ ވެރިރަށް ކާބުލް ސިޓީގައި ހުންނަ އެޤައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާސްގެ ކައިރީގައި ޖާނުން ފިދާވެގެން ބޮމެއް ގޮއްވާލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އަފްގާން ގަޑިން މިއަދު ހަވީރ...

11 Jan 2023 | 18:13

އަފްޢާނިސްތާނުގެ ވެރިރަށް ކާބުލް ސިޓީގައި ހުންނަ އެޤައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާސްގެ ކައިރީގައި ޖާނުން ފިދާވެގެން ބޮމެއް ގޮއްވާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އަފްގާން ގަޑިން މިއަދު ހަވީރު 4:00 ހާއިރު އެވެ. މި ހާދިސާގައި 20 މީހުން މަރުވެފައިވެ އެވެ.

ބޮން ގޮއްވާލީ ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުންތަކަކާއި ތޯލިބާނުންގެ އިސްވެރިންތަކެއް އެމިނިސްޓްރީގައި ބައްދަލުވުމެއް ކުރިޔަށް ގެންދިޔަ ވަގުތު އެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާއަކީ އެ ބައްދަލުވުމަށް އަމާޒުކޮށް ދިން ހަމަލާއެވެ.

އެއީ އެމީހާ ބޮން ގޮއްވާލަން ފުރަތަމަ މަސައްކަތް ކުރީ ފޮރިން މިނިސްޓްރީ ތެރެއަށް ވަދެގެންނެވެ. ބޭރުގައި ބޮން ގޮއްވީ ސެކިއުރިޓީން ހުރަސް އެޅުމުން އެތެރެއަށް ވަދެވޭގޮތް ނުވެގެން ކަމަށްވެ އެވެ.

މި ހާދިސާގައި އެ ސަރަހައްދުގައި އެވަގުތު އުޅުނު އެތައް ބަޔަކު ޒަހަމްވެފައިވެ އެވެ.

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތަކުގައި އާންމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ބޮން ގޮއްވާލުމާއި އެކު މީހުންތައް ވިއްސައިގެން ގޮސް މަރުވެގެން މަގުމަތީގައި ވެއްޓިފައިވާތައް ފެނެ އެވެ. އަދި ލޭގެ ކޯރުތައް ފެނެ އެވެ. މިހާދިސާގައި އެ ސަރަހައްދުގެ ގެތަކަށްވެސް ގެއްލުން ލިބުނެވެ.

ތޯލިބާނުން ބުނީ އެމީހާ މިނިސްޓްރީއަށް ބޮމުގެ ހަމަލާދޭން މަސައްކަތް ކުރި ސަބަބު ތަހުގީގު ކުރާނެ ކަމަށެވެ. އެއީ ބޮން ގޮއްވާލާފައި ވަނީ ގްރީން ޒޯނެއްގައި ކަމަށްވާތީ އެވެ.

މިހާދިސާ ހިނގި ސަރަހައްދަކީ ތުރުކީ، ޗައިނާ އަދި އިތުރު ޤައުމުތަކުގެ އެމްބަސީތައް ހުންނަ ސަރަހައްދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް