ވައިޓަލް ކެއާއަށް ފައިސާ ދެއްކުމުގައި އުރީދޫ އެމް-ފައިސާ ހިޔާރުކުރައްވައިގެން ފަސް ޕަސެންޓް ޑިސްކައުންޓް ލިބުމުގެ ފުރުސަތު

ވައިޓަލް ކެއަރ އަށް ބިލު ދެއްކުމުގައި އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ބިލު ދައްކައިގެން ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭ މި އޮފަރ ކުރިއަ...

11 Jan 2023 | 18:10

ވައިޓަލް ކެއަރ އަށް ބިލު ދެއްކުމުގައި އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ބިލު ދައްކައިގެން ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭ މި އޮފަރ ކުރިއަށްދަނީ މި މަހުގެ ނިޔަލަށެވެ.

ވައިޓަލް ކެއާ މޯލްޑިވްސް އަކީ ރާއްޖޭގައި ސިއްހީ ހިދުމަތް ދިނުމުގައި ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ހެލްތު ކެއަރ ޗެއިން އެކެވެ. އެގޮތުން ވައިޓަލް ކެއަރ އިން އަންނަނީ މާލޭގައި ވައިޓަލް ކެއަރ ޑެންޓަލް، ކުޅުދުއްފުށީގައި ވައިޓަލް ކެއަރ މަލްޓި ސްޕެޝަލިޓީ ކްލިނިކް އަދި މާލެއާއި ކުޅުދުއްފުށީގައި ވައިޓަލް ކެއަރ ފާމަސީ ހިންގަމުންނެވެ. ވައިޓަލް ކެއާ އާއި ގުޅޭ އިތުރު މައުލޫމާތު ވައިޓަލް ކެއާގެ ވެބްސައިޓް https://vitalcaremaldives.com އިން ލިބިލައްވާނެއެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ. އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް މޮބައިލް ފޯން ބޭނުންކުރައްވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ގާތް ތިމާގެ ބޭފުޅުންނަށް ފައިސާ ފޮނުއްވާ، އުރީދޫ ޕްރީޕެއިޑް އެކައުންޓް ރީޗާރޖް ކުރައްވާ، ތަފާތު ވިޔަފާރި ކުރެއްވުމުގެ އިތުރުން، ބިލްވެސް ދެއްކެވޭނެއެވެ. މިގޮތުން، މޮބައިލް ފޯނު ބޭނުންކުރަށްވާ އެންމެހާ ބޭފުޅުންނަށްވެސް، ހުރިހާ ޔޫޓިލިޓީ ބިލްތަކެއް އެންމެ ފަސޭހަކަމާއި އެކު އެމް-ފައިސާ މެދުވެރިކޮށް ދައްކާލެވޭނެއެވެ. ބީ.އެމް.އެލް، އެސް.ބީ.އައި، އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ އަދި އެމް-ފައިސާ އޭޖަންޓްސް މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެއްވޭނެއެވެ.  މި ޙިސުމަތް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް ބޭނުންކުރެވޭނެއެވެ.

އެމް-ފައިސާ އަށް އަލަށް ބޭނުންކުރައްވާ ކަސްޓަމަރުން ރެޖިސްޓަރކުރުމަށް، އުރީދޫ އެޕް ޑައުންލޯޑްކުރައްވާ: http://ore.do/app

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް