ނިމިދިޔަ ޑިސެމްބަރު މަހު ކުރެވުނު ކައިވެނީގެ އަދަދު އެ މަހު ކުރި ވަރީގެ އަދަދަށްވުރެ ތިން ގުނަ އިތުރުވެއްޖެއެވެ.
އެގޮތުން ފެމިލީ ކޯޓުން މިރޭ ހާމަކުރި ތަފާސްހިސާބުގައި ބުނެފައިވާގޮތުގައި ނިމިދިޔަ ޑިސެމްބަރު މަހު 309 ކައިވެންޏެއް ކޮށްފައިވާއިރު ވަރިކުރި އަދަދަކީ 94 އެކެވެ.
އެ ތަފާސްހިސާބުގައި ބުނެފައިވާގޮތުގައި ޖުމްލަ 158 މައްސަލައެއް އެ ކޯޓުން ނިންމާފައިވެއެވެ. އެއީ އާއިލީ އެހެނިހެން މައްސަލަތަކާއި ގެވެށި އަނިޔާއާއި ގުޅޭ މައްސަލަތަކާއި ހަރަދުގެ މައްސަލަތަކާއި ކުދިންނާއި ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވަރީގެ މައްސަލަތައްވެސް ހިމެނޭހެންނެވެ.
މިދިޔަ މަހު ކުރި ކައިވެނީގެ އަދަދު އިތުރުވެފައިވާއިރު މިދިޔަ މަހުގެ ރީތި ތާރީހެއް ކަމުގައިވާ 22 12 22 ގައި ގިނަ ކައިވެނިތަކެއް އެ ކޯޓުގައި ކޮށްދީފައިވެއެވެ. އެގޮތުން އެ ދުވަހު އެކަނި އެ ކޯޓުގައި 58 ކައިވެންޏެއް ކޮށްދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް