މާފަންނު އޯކިޑް މަގުގައި ހުންނަ "އިވްނިންގް ކެފޭ" ގައި ރޯވި އަލިފާން ގަނޑު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ނިއްވާލައިފިއެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ކުރީ މިއަދު އިރުއޮއްސި 6:12 ހާއިރު އެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުަގައި މިހާދިސާގައި އިވްނިންގ ކެފޭގެ ބަދިގޭގެ އިތުރުން އެތަނުގެ މަތީގައި ހުންނަ އެކޮމޮޑޭޝަން ބްލޮކުގައިވެސް ވަނީ އަލިފާން ހިފާ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ.
ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަމަނުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ މިރޭ 7:22 ހާއިރުއެވެ.
މި އަލިފާން ރޯވަން މެދުވެރިވި ސަބަބު އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.
މި ހާދިސާ ހިނގުމާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން، މި ހާދިސާއާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް