އީވްނިންގ ކެފޭގައި އަލިފާނުގެ ހާދިސާއެއް

މާފަންނު، އޯކިޑްމަގުގައި ހުންނަ އީވްނިން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ. މީޑިއާއަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ މ. އީވްނިނ...

11 Jan 2023 | 13:32

މާފަންނު، އޯކިޑްމަގުގައި ހުންނަ އީވްނިން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މީޑިއާއަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ މ. އީވްނިން ކެފޭގެ ބަދިގޭގައި އަލިފާނުގެ ހާދިސާ އެއް ހިނގާފައިވާކަމަށާއި އެ ހާދިސާގެ ރިޕޯޓް ލިބުނީ އިރު އޮއްސި 6:12 ހާއިރު ކަމަށެވެ.

އެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ވަރަށް ދުން ބޯވެފައިވާތަން ފެނެ އެވެ.

އަލިފާން ރޯވެފުމާއި އެކު ފުލުހުންނާއި ރެޑް ކްރެސެންޓުން ގުޅިގެން އެ ސަރަހައްދުގެ ގެތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ފުުލުހުން ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައި އެވެ.

ސިފައިން ބުނީ މިހާދިސާގައި އިވްނިންގ ކެފޭގެ ބަދިގޭގެ އިތުރުން އެތަނުގެ މަތީގައި ހުންނަ އެކޮމޮޑޭޝަން ބްލޮކުވެސް އަލިފާން ހިފާ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް