ފްލެޓްގެ ވާހަކަ އެހެން މީހަކު ދައްކަން އުޅޭނެވެސް ކަމެއް ނެތް، އަޅުގަނޑަކީ ފްލެޓް ދޮންބެ: ރައީސް ނަޝީދު

ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހް ރޭގައި ދެއްކެވި ވާހަކަފުޅަށް ވާދަވެރި ކެނޑިޑޭޓް ރައީސް ނަޝީދު ރައްދު ދެއްވައިފިއެވެ. ރޭގައި މާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ...

11 Jan 2023 | 11:00

ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހް ރޭގައި ދެއްކެވި ވާހަކަފުޅަށް ވާދަވެރި ކެނޑިޑޭޓް ރައީސް ނަޝީދު ރައްދު ދެއްވައިފިއެވެ.

ރޭގައި މާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ ފްލެޓްގެ ވާހަކަ އެހެން މީހަކު ދައްކާނެ ކަމެއް ކަމަށެވެ. މި ސަރުކާރުން ވީ ވައުދު ފުއްދައި މި އަހަރުގެ މެދަކާއި ހަމައިން މާލޭގެ ރައްޔިތުންނަށް ގޯތި ކަނޑާފައި ދެއްވާނެކަމަށެވެ.

ރައީސް ސޯލިހްގެ އެ ވާހަކަފުޅަށް ރައްދުދެއްވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ ފްލެޓް ދޮންބެއަކީ އޭނާ ކަމަށާއި ފްލެޓްގެ ވާހަކަ އެހެން މީހަކު ދައްކަން އުޅޭނެވެސް ކަމެއް ނެތް ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ބ. އޭދަފުށީގައި މިއަދު ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އޭދަފުށީ ހިއްކި ބިމުގައިވެސް ފްލެޓް އަޅައިދެއްވާނީ އެމަނިކުފާނުގެ ވެރިކަމެއްގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް