ރައީސް ތިން ވަނަ ދައުރެއް ހޯދަން އުޅޭނެ ކަމަށް ނަޝީދު ވިދާޅުވުމުން ރޮޒައިނާ ޖޯކު ޖައްސަވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިން ވަނަ ދައުރެއްވެސް ހޯދަން އުޅޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ޖޯކު ޖައްސަވ...

11 Jan 2023 | 08:44

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިން ވަނަ ދައުރެއްވެސް ހޯދަން އުޅޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ޖޯކު ޖައްސަވައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންގައި މިއަދު ބ. ހިތާދޫއަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ގާނޫނު އަސާސީ ބަދަލު ކޮށްގެންވެސް ތިން ވަނަ ދައުރެއް ހޯދަން އުޅޭނެ ކަމަށެވެ. ތިން ވަނަ ދައުރަކަށް އިންތިހާބު ވާން ބޭނުންވުމަކީ ވަރަށް ގިނައިން ފެންނަ މަންޒަރެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

މި ވާހަކަފުޅާއި ގުޅިގެން ރޮޒައިނާ ވަނީ ނަޝީދަށް ޖޯކު ޖައްސަވައި ޓުވީޓެއް ކުރައްވާފައި އެވެ. އެ ޓުވީޓުގައި ވިދާޅުވީ ހަތަރު ވަނަ ދައުރަކަށް ކުރިމަތި ލައްވައިގެން ހުންނަވާ ތިހެން ވިދާޅުވީމަ ދެން ބުނާނެ އެއްޗެއްނެތްކަމަށެވެ.

ރޮޒޭ ވިދާޅުވީ2008 ގައި،2013 ގެ ރިޔާސީ އިންތިހާބަށް ނަޝީދު ކުރިމަތިލެއްވި ކަަމަމަށެވެ.2018 ވަނަ އަހަރުގެ އިންތިހާބަށްވެސްް ކުރިމަތިލެއްވި ކަމަށާއި މިހާރު2023 ވަނަ އަހަރު އިންތިހާބަށް ކުރިމަތިލައްވަން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ރޮޒޭ ވިދާޅުވީ2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްވެސް ނަޝީދު ކުރިމަތި ލައްވާނެކަން ޔަގީން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް