ފޭސް ދޭއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމް ކޮށްލައިފި

ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމް ކޮށްލައިފި އެވެ. މި ހާދިސާ ހިނގީ ހުޅުމާލޭ ފޭސް ދޭއްގައި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާދިސާގެ ރިޕޯޓު ކުރީ ރޭ ދަންވަރު 1:15 ހާއިރު ކަމަށެވެ. މި ހ...

11 Jan 2023 | 07:04

ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމް ކޮށްލައިފި އެވެ.

މި ހާދިސާ ހިނގީ ހުޅުމާލޭ ފޭސް ދޭއްގައި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާދިސާގެ ރިޕޯޓު ކުރީ ރޭ ދަންވަރު 1:15 ހާއިރު ކަމަށެވެ.

މި ހާދިސާގައި ޒަހަމްވީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޮފިޝަލް ވިދާޅުވީ ފުލުހުންގެ އެހީތެރިކަމާއި އެކު ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ފަރުވާ ދެމުންދާ ކަމަށެވެ.

ހަމަލާ ދިނުމުގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ނޭނގެ އެވެ. އަދި މިހާދިސާ އާއި ގުޅިގެން މީހަކު ހައްޔަރު ކުރި ކަން ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް