ރަސްމީ ރިޒާވަށް ލަފާކުރި އަދަދަށްވުރެ 200 މިލިއަން ޑޮލަރު އިތުރުވެއްޖެ

ދައުލަތުން ރަސްމީ ރިޒާވްގެ ގޮތުގައި ލަފާކުރި އަދަދަށްވުރެ 200 މިލިއަން ޑޮލަރު އިތުރުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ. 202...

11 Jan 2023 | 06:08

ދައުލަތުން ރަސްމީ ރިޒާވްގެ ގޮތުގައި ލަފާކުރި އަދަދަށްވުރެ 200 މިލިއަން ޑޮލަރު އިތުރުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

2022ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވްގެ ގޮތުގައި ދައުލަތުން ލަފާކުރީ 632 މިލިއަން ޑޮލަރެވެ. އެހެންނަމަވެސް އެ އަދަދު ސަރުކާރުން އަންދާޒާކުރި މިންވަރަށްވުރެ ވަނީ އިތުރުވެފައެވެ.

އެގޮތުން އަހަރު ނިމުނުއިރު ރަސްމީ ރިޒާވްގެ އަދަދު ހުރީ 827.7 މިލިއަން ޑޮލަރެވެ.

ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މި ސަރުކާރުގެ ހަތަރު އަހަރަކީ ރަނގަޅު މިންވަރެއްގައި ރަސްމީ ރިޒާވް ހިފެހެއްޓުނު ހަތަރު އަހަރެވެ. އެގޮތުން އެވްރެޖު ގޮތެއްގައި 817 މިލިއަން ޑޮލަރުގައި ރިޒާވް ހިފެހެއްޓިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ ކުރީގެ ސަރުކާރުތަކާއި އަޅާ ބަލާއިރު 39 ޕަސެންޓުގެ އިތުރުވުމެކެވެ.

ދައުލަތުގެ ރިޒާވް އެންމެ މައްޗަށް ދިޔަ ކަމުގައި ބެލެވެނީ ނިމިދިޔަ އަހަރުގެ މާރޗްގައެވެ. އެގޮތުން މާރޗްގައި ރިޒާވްގެ އަދަދު 862 މިލިއަން ޑޮލަރަށް އެރިއެވެ. އޭގެ ކުރީ އަހަރު ރާއްޖޭގެ ރިޒާވް އެއް ބިލިއަން ޑޮލަރަށް އެރިއެވެ. ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިފަހަރަކީ ރާއްޖޭގެ ރިޒާވް އެންމެ މަތިވި ފަހަރުކަމުގައިވއެވެ.

ކުރީގެ ސަރުކާރުގެ ރިޒާވް 343.5 މިލިއަން ޑޮލަރަށް ދަށަށް ގޮސްފައިވެއެވެ. އެހެންނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ރަސްމީ ރިޒާވް އެންމެ ބޮޑަށް ދަށަށް ގޮސްފައި ވަނީ 499.63 މިލިއަން ޑޮލަރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް