ބީ.އެމް.އެލް ގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމަށް ކާރލް ސްޓުމްކަ އައްޔަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން މެނޭޖިންގ ޑިރެކްޓަރ ގެ މަގާމަށް އެކުންފުނީގެ މިހާރުގެ ސީއީއޯ ކާރލް ސްޓުމްކަ މިއަދު އައްޔަންކޮށްފިއެވެ. ކާރލް ބޭންކުގެ ސީއީއޯ ގެ މަގާމާއި ހަވާލުވެ ބޭންކާއި ގުޅިވަޑައިގެންފައ...

11 Jan 2023 | 05:57

ބޭންކް އޮފް މޯލްޑިވްސް އިން މެނޭޖިންގ ޑިރެކްޓަރ ގެ މަގާމަށް އެކުންފުނީގެ މިހާރުގެ ސީއީއޯ ކާރލް ސްޓުމްކަ މިއަދު އައްޔަންކޮށްފިއެވެ.

ކާރލް ބޭންކުގެ ސީއީއޯ ގެ މަގާމާއި ހަވާލުވެ ބޭންކާއި ގުޅިވަޑައިގެންފައިވަނީ 23 އޮކްޓޫބަރު 2022 ގައެވެ.

ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ކާރލް އައްޔަންކުރީ މިއަދުއެވެ.

މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެވުނީ ބީ.އެމް.އެލް ގެ އާންމުޖަލްސާ އަށް ފަހު އޮތް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގައިކަމަށް ބޭންކު އޮފް މޯލްޑިވްސް އިން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް