އަހަރު ދެބައިވުމުގެ ކުރިން މާލޭގެ ރައްޔިތުންނަށް ގޯތި ކަނޑާފައި ދޭނަން: ރައީސް ސޯލިހް

މި އަހަރު ދެބައިވުމުގެ ކުރިއަށް ވީ ވައުދާއި އެއްގޮތަށް މާލޭގެ ރައްޔިތުންނަށް ގޯތި ކަނޑާފައި ދެއްވާނެކަމުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ...

11 Jan 2023 | 03:58

މި އަހަރު ދެބައިވުމުގެ ކުރިއަށް ވީ ވައުދާއި އެއްގޮތަށް މާލޭގެ ރައްޔިތުންނަށް ގޯތި ކަނޑާފައި ދެއްވާނެކަމުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރޭ މާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަފުޅުގައެވެ.

"އިރާދަކުރެއްވިއްޔާ އެއްވެސް ސަރުކާރަކުން ފަސް އަހަރުތެރޭގައި ނުހިންގާވަރުގެ ބޯހިޔާވަހިކަމުގެ މަސްރޫއެއް މިހާރު ފަށައިގެން އެދަނީ ކުރިއަށް، މުޅި ރާއްޖޭގައި 16 ހާސް ވުރެ ގިނަ ފްލެޓާ ގޯއްޗާ ރޯހައުސް އަޅަމުން އެބަ ގެންދަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެއަށް ހާއްސަ ހަތް ހާސް އެތައް ފްލެޓަކާ ފަސް ހާސް ގޮތި ދިނުމުގެ މަޝްރޫއު އެދަނީ ކުރިއަށް ކަމަށާއި އެ މަސައްކަތުގައި މިހާރު ކުރެވެމުންދަނީ އިވޭލުއޭޝަންގެ މަސައްކަތް ކަމަށެވެ. އަދި އިވެލުއޭޝަންގެ މަސައްކަތް ވީހާވެސް ރަނގަޅަކަށް ކުރުމަށްފަހު ހާމަކަން ބޮޑުގޮތެއްގަ ގޯއްޗާއި ފްލެޓަށް އެދިފައިވާ ފަރާތްތަކަށް ގޯއްޗާއި ފްލެޓް ދެއްވާނެކަމުގައި ވިދާޅުވިއެވެ.

"މި ވޭތުވެދިޔަ ތަނުގައި ކޮން ސަރުޚާރަކަށްތޯ ބޯހިޔާވަހިކަމުގެ މަޝްރޫއު ފަށާފަ ހަވާލު ކުރެވުނީ، ފްލެޓްތައް އަޅާ ނިންމާ މާލޭ ރައްޔިތުންނަށް ވަންނަން ފެށޭވަރު ކުރާނަން،

ފްލެޓް ވާހަކަވެސް ގޯތި ވާހަކަވެސް އެހެން ބޭފުޅަކު ދައްކަވާނެކަމެއް ނެތް މީ މިކަން އޮތް ގޮތް" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިކަމަށްޓަކައި ހުޅުމާލޭގައި މިހާރު އެވަނީ ބިން ވަކިކޮށް ނިމިފައި ކަމަށާއި ގުޅީފަޅު އެއްބައި ހިއްކާފައިވާއިރު ދެވަނަ ބައި ހިއްކުމަށްޓަކައި ބޮސްކާލިސްއާއެކީގަ ފައިނަލް ޑިސިޝަން މިއަދު ނެގިގެންދާނެކަމަށެވެ. އަދި ގިރާވަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ނިމެމުންދާތަން މި އަހަރުގެ މެދުތެރޭގައި ފެންނާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް