ކޯވިޑާއި ގުޅިގެން ނޭޕާލްގެ ސްކޫލްތައް ތިން ހަފްތާއަށް ބަންދުކޮށްފި

ނޭޕާލްގައި ކޯވިޑް-19 ކޭސްތައް އަތް ނުފޯރާ ފަށަށް ދިއުމުން ހުރިހާ ސްކޫލެއް ބަންދުކޮށް އެއްވުންތައް ބޭއްވުން މަނާކޮށްފި އެވެ. ކުއްލިއަަކަށް މި ފިިޔަވަޅު އެޅީ އިއްޔެ އެ ގައުމުން 1،357 މީހުންނަށް ކޯވިޑް ޖ...

11 Jan 2022 | 18:39

ނޭޕާލްގައި ކޯވިޑް-19 ކޭސްތައް އަތް ނުފޯރާ ފަށަށް ދިއުމުން ހުރިހާ ސްކޫލެއް ބަންދުކޮށް އެއްވުންތައް ބޭއްވުން މަނާކޮށްފި އެވެ.

ކުއްލިއަަކަށް މި ފިިޔަވަޅު އެޅީ އިއްޔެ އެ ގައުމުން 1،357 މީހުންނަށް ކޯވިޑް ޖެހުމާއި ގުޅިގެންނެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން ކޯވިޑް ކޭސްތައް އެ ގައުމުގައި ކުއްލިއަކަށް އިތުރުވި ފުރަތަމަ ފަހަރެވެ.

ނެޕާލް ސަރުކާރުން ނިންމާފައިވަނީ މިމަހުގެ 29 ގެ ނިޔަލަށް ތިން ހަފްތާއަށް ސްކޫލްތައް ބަންދު ކުރާށެވެ. އެކަމަކު އުމުރުން 12-17 އަހަރާއި ދެމެދުގެ ވެކްސިން ޖަހާފައިވާ ކުދިން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައި ދިނުމުގެ ހުއްދަ އެ ގަައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ދީފައިވެ އެވެ.

ޓޫރިސްޓު ހޮޓާތަކަށް ވަނުމާއި، ރެސްޓޯރެންޓާއި ސިނަމާ އަދި ޕާކުތަކާއި އެކި އޮފީސްތަކަށް ވަނުމުގެ ހުއްދަ ދޭންވާނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ ކަމަށް ނޭޕާލް ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ. މި ގަވައިދަށް އަމަލު ކުރަން ފަށާނީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.

މި ފިޔަވަޅުތައް އަޅަން ފަށާފައި މިވަނީ ދުރާލާ ކޯވިޑް އިތުރު ވަމުންދާކަމުގެ އިންޒާރު އެ ގައުމުގެ ހެލްތް މިނިސްޓްރީން ދިނުމަށް ފަހު އެވެ. އެ މިނިސްޓްރީން ވަނީ ހޮސްޕިޓަލްތަކުން ކޯވިޑް ބަލި މީހުންނަށް ފަރުވާަ ދެވޭނެ ގިނަ އިންތިޒާމްތައް ހަމަޖެއްސުމަށް އިލްތިމާސްކޮށްފަ އެވެ.

ނޭޕާލުން މިހާތަނަށް ކޯވިޑްގެ އާ ވޭރިއަންޓު އޮމިކްރޯން ޖެހިފައިވާ 27 މީހަކު ފެނިފައިވެ އެވެ.

އެގައުމުން މިހާތަނަށް ކޯވިޑް ޖެހިފައިވަނ ީ833،946 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް