އެމެރިކާގެ ފަންނާނު ކިމް ކާޑޭޝަންގެ ފިރިމީހާ ކާންޔޭ ވެސްޓު އާންމުންގެ ތެރޭގައި ލޯބިވެރިޔަކު ގެންގުޅެން ފަށައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކާންޔޭގެ އާ ލޯބިވެރިޔަކީ ޖޫލިއާ ފޮކްސް އެވެ. ދެމީހުން އެކުގައި އާންމުތަންތަނުގައި އުޅެނިކޮށް ނަގާފައިވާ އެތައް ފޮޓޯއެއް މިހާރު މީޑިއާގައި ދަރުއު ކުރަމުން އެބަދެ އެވެ.
މިކަމާއި ގުޅިގެން ހަގީގަތް އެނގޭ މީހަކު ބުނެފައިވަނީ ކާންޔޭގެ އެ ކަންތައްގަނޑަކީ މާބޮޑަށް ހިތްދަތިވެގެން ކުރާ ކަމެއް ކަމަށެވެ. ކާންޔޭގެ މަގުސަދަމީ ކިމް ޖޭ ކޮށްގެން އަލުން ދެމީހުން ގުޅޭނެ ގޮތެއް ވޭތޯ ބެލުން ކަމަށެވެ.
އެކަން ސާބިތުކޮށްދެމުން އެމީހާ ބުނީ ކާންޔޭ އާއި ކިމްއަށް ލިބިފައިވާ ދަރިންގެ ހައްގުގައި ދެމީހުން އަލުން ގުޅިގެން އުޅުމަށް މަސައްކަތް ކޮށް ވަރިވާން ކިމް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ނަގާތޯ މަސައްކަތް ކުރަނީ މީޑިއާއަށް އެނގޭގޮތަށް ފާޅުގައި ކަމަށެވެ. އެކަން އެގޮތަށް ކުރަމުން އެހެން މީހަކާއި ލޯބީގެ ގުޅުމެއް ބާއްވާކަން ކާންޔޭ މީޑިއާއަށް ހާމަކުރާނީ އިތުރު ބޭނުމެއްގައި ނޫން ކަމަށް ބުނެފައިވެ އެވެ.
ކާންޔޭގެ މި ޝޯއަކީ އޭނާ އާއި ދުރުވާން ކިމް މަޝްހޫރު ކޮމީޑިއަން ޕީޓޭ ޑޭވިޑްސަން އާއި ލޯބީގެ ގޮތުން ގުޅުން ކުރާ ކަމެކެވެ.
ކިމްގެ ގާތް މީހަކު ބުނީ ޕީޓޭ ދަނީ ކިމްއަށް ކާންޔޭއާއި ދުރުވާން ވަރަށް ބޮޑަށް އެހީތެރިވަމުން ކަމަށެވެ. އަދި އެއީ ކިމްގެ އިހުސާސްތައް ދަންނަ މިވަގުތު ކިމްގެ ދިރިއުޅުމަށް އެންމެ އެކަށީގެންވާ މީހާ ކަމަށް ބުނެފައިވެ އެވެ.
ކިމް އާއި ކާންޔޭގެ ކައިވެންޏަށް ހަ ކުދިން ލިބިފައި އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް