ކޮވިޑު އަޕްޑޭޓް: އަދަދު ބޮޑު ޖަމްޕެއް – މިއަދު 593

ކޮވިޑަށް ރާއްޖެއިން މިއަދު ޕޮޒިޓިވް ވި އަދަދު އިއްޔެއާއި އަޅާ ބަލާއިރު ބޮޑު އަދަދަކުން އިތުރުވެއްޖެއެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު 593 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ...

11 Jan 2022 | 17:25

ކޮވިޑަށް ރާއްޖެއިން މިއަދު ޕޮޒިޓިވް ވި އަދަދު އިއްޔެއާއި އަޅާ ބަލާއިރު ބޮޑު އަދަދަކުން އިތުރުވެއްޖެއެވެ.

އެގޮތުން ފާއިތުވި 24 ގަޑިއިރު 593 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އިއްޔެ ޕޮޒިޓިވް ވީ 454 މީހުންނެވެ.

އެޗްޕީއޭގެ މިއަދުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މާލެއިން 199 މީހުންނާއި އަތޮޅުތަކުން 197 މީހުން އަދި ރިސޯޓުތަކުން 124 ވަނީ ޕޮޒިޓިވްވެފައެވެ.

މިއާއެެކު 99،099 މީހުންނަށް ރާއްޖެއިން ކޮވިޑު ޖެހިފައިވާ އިރު، އެކްޓިވް ކޭސްގެ އަދަދު މިހާރުހުރީ 4،320 ގައެެވެ. އަދި ވިހި މީހުންނަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު 5،818 ސާމްޕަލް ކޮވިޑަށް ޓެސްޓު ކޮށްފައިވެއެވެ.

މި ބަލީގައި މިހައިތަނަށް 264 މީހުން ރާއްޖެއިން ނިޔާވެފައިވާ އިރު، 94،502 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް