ދެން ލައިސަންސް ލިބޭނީ ޑްރައިވިން ސްކޫލަށް ގޮސް، ވަކި ވަރަކަށް ދުއްވަން ދަސްކުރީމަ

ޑްރައިވިން ލައިންސް ލިބޭނީ ޑްރައިވިން ސްކޫލަކުން ވަކި ވަގުތެއް ވަންދެން ދުންވަން ދަސް ކުރުމުން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހަމަޖައްސައިފި އެވެ. މިއަދު އެ މިނިސްޓްރީން އާންމު ކުރި ޑްރައިވިން ސްކޫލ...

11 Jan 2022 | 13:40

ޑްރައިވިން ލައިންސް ލިބޭނީ ޑްރައިވިން ސްކޫލަކުން ވަކި ވަގުތެއް ވަންދެން ދުންވަން ދަސް ކުރުމުން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހަމަޖައްސައިފި އެވެ.

މިއަދު އެ މިނިސްޓްރީން އާންމު ކުރި ޑްރައިވިން ސްކޫލް ހިންގުމުގެ ގަވާއިދުގައިވާ ގޮތުން ދުއްވަން ދަސްކުރާ މީހުންގެ އެ ވަރަށް ދުއްވަން ދަސްކުރިތޯ ޑްރައިވިން ސްކޫލްތަކުން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދަން ހުށަހަޅާއިރު އެކަމުގެ ރެކޯޑްތައް ހުށަހަޅަން ޖެހޭނެ ކަމަށް އާ ގަވާއިދުގައިވެ އެވެ.

ގަވައިދުގައިވާ ގޮތުން ސައިކަލެއް ނަމަ މަދުވެގެން 40 ގަޑިއިރު ވަންދެން ޑްރައިވިން ސްކޫލްގައި ދުއްވަން ދަސް ކުރަން ޖެހޭއިރު، ކާރާއި ޕިކަޕް ފަދަ އުޅަނދުތައް ދުއްވަން ދަސް ކުރުމުގައި މަދުވެގެން 30 ގަޑިއިރު ހަމަކުރަން ޖެހެ އެވެ.

އެ ނޫން ބާވަތުގެ އުޅަނދުތައް ދުއްވަން ދަސްކުރުމުގައި ހަމަ ކުރަން ޖެހެނީ 25 ގަޑިއިރު ކަމަށް އާ ގަވާއިދުގައިވެ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ޑްރައިވިން ސްކޫލްތަކުން ކާަރާއި ސައިކަލު ފަދަ އުޅަނދުތައް ދުއްވަން އެންމެ ގިނަވެގެން ނެގޭނީ1،500 ރުފިޔާ އެވެ. އެ އުސޫލާ ޚިލާފުވާ ޑްރައިވިން ސްކޫލްތަކުގެ ޝަކުވާ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހެޅޭނެ ކަމަށާއި އެފަދަ ތަންތަނުގެ ލައިސަންސް ބާތިލް ކުރާނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.

ޑްރައިވިން ސްކޫލަކީ އެ މިނިސްޓްރީގައި ރެޖިސްޓްރީކޮށްގެން ހިންގަން ޖެހޭ ތަނަކަށް ވއިރު ޓްރެއިނަރުންނަކީ ވަކި ތަމްރީނެއް ހަދާފައި ތިބި މީހުންނަށް ވާންޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް