ޑިރެކްޓާ ޖެނެރަލް އޮފް ހެލްތް ސާވިސްގެ މަޤާމަށް ޑރ. އަހްމަދު އަޝްރަފް އައްޔަނު ކުރައްވައިފިއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސް އަކީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން އެންމެ ބޮޑު މުސާރަ ލިބޭ މަޤާމުތަކުގެ ތެރޭގައި ހިމެނޭ އެއް މަޤާމެވެ.
ޑރ. އަޝްރަފް އެ މަޤާމަށް އައްޔަނު ކުރައްވާފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ.
ޑރ. އަޝްރަފް ގްރެޖްއޭޓްވެފައި ވަނީ ޔޫކްރޭންގެ މެޑިކަލް ސްކޫލަކުންނެވެ. އަދި އޭނާ އަކީ ސިއްހީ ދާއިރާގައި 14 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ޑޮކްޓަރެކެވެ.
ސިވިލް ސާވިސް ކޮމިޝަން އިން މި މަޤާމަށް ބޭފުޅަކު ހަމަޖައްސަނީ ހަތަރު އަހަރުގެ މުއްދަތަކަށެވެ. އެގޮތުން އެންމެ ފަހުން އެ މަޤާމުގައި ހުންނެވީ ޑރ. ޝީޒާ އަލީ އެވެ.
މިި މަޤާމުގައި ހުންނަވާ ބޭފުޅަކަށް މުސާރައިގެ ގޮތުގައި ލިބޭ 54،430ރ. އާއި ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކު ލިބޭ 530ރ. އާއި އެކު ޖުމްލަ 70،330ރ. ލިބޭނެއެެވެ.
މީގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި ޕެންޝަން ވެސް ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް