ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މި ހަފްތާގައި ފަށަނީ

ށ. ކޮމަންޑޫ އާއި އެ ރަށް ކައިރީ އޮންނަ ފަޅުރަށެއް ކަމަށްވާ މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މި ހަފްތާ ތެރޭގައި ފަށަން ނިންމައިފި އެވެ. އެ ދެ ރަށް ގުޅާލާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއު...

11 Jan 2022 | 10:25

ށ. ކޮމަންޑޫ އާއި އެ ރަށް ކައިރީ އޮންނަ ފަޅުރަށެއް ކަމަށްވާ މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މި ހަފްތާ ތެރޭގައި ފަށަން ނިންމައިފި އެވެ.

އެ ދެ ރަށް ގުޅާލާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީ ކެންޑިޑޭޓޫ އަހުމަދު ރާޝިދުއަށް ކެމްޕެއިން ކޮށްދިނުމަށް އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި މިދިޔަ ހަފްތާގައި އެވެ.

ކޮމަންޑޫ ކައުންސިލުން މިއަދު މީޑިއާގައި ބުނީ އެ ދެ ރަށް ގުޅާލުމުގެ މަސައްކަތް އަންނަ ހުކުރު ދުވަހު ފަށަން ހަމަޖައްސާފައިވާކަން ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އަދި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ސޯލިހު ވަޑައިގެންނަވާކަންވެސް އަންގާފައިވެ އެވެ.

ކައުންސިލުން ބުނެފައިވާގޮތުގައި ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލަނީ ކައުންސިލާއި ސަރުކާރުން މި ދެ ރަށް ގުޅައިލުމަށް ރާވާފައިވާ ޕްލޭނާ ވެސް އެއްގޮތަށެވެ.

މިކަމާއި ގުޅިގެން ޕްލޭނިން މިނިސްޓްރީން އަދި މީޑިއާގައި އެއްޗެއް ހާމައެއް ނުކުރެ އެވެ.

ސަރުކާރުން އިންތިހާބާއި ދިމާކޮށް ކޮމަންޑޫ ދައިރާގެ ގިނަ މަޝްރުއުތަކެއް ފަށާތީ ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް