ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަނެއްކާވެސްް ހުންނެވީ ސިންގަލްކޮށް ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ވައިރަލްވަމުން އަންނަ ވީޑިއޯއެއްގައެވެ.
އެ ވީޑިއޯގައި، ރެސްޓޯރެންޓެއްގެ ތެރޭގައި ހުރެ ބަޔަކާ މުހާތަބުކުރައްވަމުން ޖާބިރު ވިދާޅުވީ މިހާރު ހުރިހާ އެއްޗެއް ވިއްކާލުމަށްފަހު އިންވެސްޓް ކުރަނީ އެ ރަށަށް ކަމަށާއި ދެން ބޭނުންވަނީ އިންނާނެ އާލެއް ކަމަށެވެ.
"އިންނާނެ ވާލެއް ވޭތޯ ދެން ބަލަންވީ، ދިޔާނާ ވަރިކޮށްފިން، މިހާރު ވަރި ސާބިތު ކުރުމުގެ ކަންތައް ދަނީ ބާރަށް ކުރިއަށް" އެ ވީޑިއޯގައި ޖާބިރު ވިދާޅުވިއެވެ.
އެ ވީޑިއޯގައި އެކަމާ އިތުރަށް ސުވާލުކުރުމުން ޖާބިރު ވިދާޅުވަނީ ދެން ނުވާނެ ކަމަށާއި ދިޔާނާ މާ ބޯ ހަރު ކަމަށެވެ.
މީގެ ކުރިންވެސް އެއްފަހަރު ޖާބިރު ދިޔާނާ ވަރިކުރިކަމަށް ވެއެވެ. އަދި ފަހުން ކައިވެނި ރުޖޫއަ ކުރިކަމަށްވެސް ވެ އެވެ.
މިކަމުގައި ޖާބިރުގެ ބަހެއް ހޯދާލަން ދުވަހުން މަސައްކަތް ކުރި އިރު އެމަނިކުފާނުގެ ފޯނު އޮތީ ނިއްވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް