ޔޫރަޕިއަން އިއްތިހާދު، އީޔޫގެ ޕާލަމެންޓުގެ ރައީސް ޑޭވިޑް ސަސޮލި ކޮވިޑު ޖެހިގެން މަރުވެއްޖެއެވެ.
އޭނާ މަރުވީ އިޓަލީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ. މަރުވި އިރު ޢުމުރަކީ 65 އަހަރެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އޭނާގެ ދިފާއީ ނިޒާމު ރަގަޅަށް މަސައްކަތް ނުކުރާތީއެވެ.
ސޮސަލީގެ ތަރުޖަމާން ރޮބާޓޯ ކުލޯ އާ ހަވަލާދީ ރިޕޯޓުތައް ބުނެފައިވަނީ ސަސޮލި މަރުވީ ޖަނަވަރީ 11 ވަނަ ދުވަހުގެ ރޭގެ މެންދަމު 1:15ގައި، އިޓަލީގެ އެވިއާނީ ހޮސްޕިޓަލުގެ ސީއާރުއޯގައި ކަމަށެވެ. އަދި ޖަނާޒާ ބާއްވާނެ ތަނަކާއި ގަޑި ވަރަށް އަވަހަށް އަންގާނެ ކަމަށެވެ.
ޖާރނަލިސްޓެއްގެ ގޮތުގައި 30 އަހަރުގެ ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ ސޮސަލީ އަކީ ޓީވީ ޚަބަރު ކިޔުމުގައި ވެސް އަރާހުންނެވި ފަންނާނެކެވެ.
ސޮސަލީ ޔޫރަޕިއަން ޕާލަމެންޓުގެ މެމްބަރަކަށް 2009 ވަނަ އަހަރު ވެވަޑައިގަތުމަށްފަހު، ރައީސްކަމަށް ވަޑައިގަތީ 2019 ވަނަ އަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް