އިންޑިއާގެ ލައައިގެ ލެޖެންޑެއް ކަމަށްވާ ލަތާ މަންގޭޝްކަރަށް ކޯވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ލަތާގެ އާއިލާއިން ބުނީ އޭނާ ކޯވިޑަށް ޕޮސިޓިވްވި ނަމަވެސް ފެންނަމުންދަނީ މަދު އަލާމާތްތަކެއް ކަމަށެވެ.
އޭނާ އެޓްމިޓްކޮށްފައިވަނީ މުމްބާއީގެ ހޮސްޕިޓަލެއްގައި އެވެ.
ލަތާ އައިސީޔޫއަށް ލީ ސަބަބާއި ބެހޭގޮތުން އާއިލާއިން ބުނީ އައިސީޔޫގައި ފަރުވާދެނީ އުމުރުން ދުވަސްވެފައިވާތީ ކަމަށެވެ. އަދި ވަރަށް އަވަހަށް ގެއަށް ދޫކޮށްލާނެ ކަމަށް ބުނެފައިވެ އެވެ.
އުމުރުން 92 އަހަރުގެ ލަތާ ވަނީ އިންޑިއާގެ އެކި ބަސްބަހުން 1،000 އަށްވުރެ ގިނަ ލަވަ ފިލްމުތަކަށް ކިޔާފަ އެވެ.
ދުވަހަކުވެސް ކައިވެންޏެއް ކޮށްފައި ނުވާ ލަތާއަށް ވަނީ ތިން ނެޝަނަލް އެވޯޑު ލިބިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް