ފޯކައިދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފި

ށ. ފޯކައިދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ. ޔޫތު މިނިސްޓްރީން މި މަހުގެ ނުވަ ވަނަ ދުވަހު އާންމު ކޮށްފައިވާ އިއުލާނެއްގައި ބުނީ ށ. ފޯކައިދޫ ފުޓ...

11 Jan 2022 | 08:59

ށ. ފޯކައިދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ.

ޔޫތު މިނިސްޓްރީން މި މަހުގެ ނުވަ ވަނަ ދުވަހު އާންމު ކޮށްފައިވާ އިއުލާނެއްގައި ބުނީ ށ. ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދިނުމަށް ޝައުގު ވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން، އެ މިނިސްޓްރީން ކުރެއްވި އިއުލާނާއި އެކު އެ މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ހިއްސާ ކުރައްވާފައި ވެއެވެ.

މި މަސައްކަތަށް ކުރިމަތިލުމުގެ ސުން ގަޑި އަކީ 20 ޖަނަވަރީ 2022 ވަނަ ދުވަހުގެ 11:00 ކަމުގައި އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.

ފޯކައިދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގް ސިސްޓަމް ތަރައްޤީ ކުރާނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފައި ވާއިރު އެ ރަށް ހިމެނޭ ކޮަމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އަންނަނީ ވަގުތު ކުޑަތަންވަމުންނެވެ.

އެ ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕީއެމް އާއި، އެމްއެންޕީ އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުންވެސް ކެނޑިޑޭޓުން ވާދަކުރެއެވެ. ފޯކައިދޫ އަށް ސަރުކާރުން ކޮށްދޭނެ ކަމަށް މި ފަހުން ހާމަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ފޯކައިދޫގެ ޗަކަ ބިން ހިއްކުމަށްފަހު އެތަނުން ގޯތި ދޫކުރުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް