ކޯވިޑް-19ގެ އޮމިކްރޯން ވޭރިއަންޓާއި ހެދި އަންނަ މަހު ޗައިނާގައި ފެށުމަށް ހަމަޖެހިފައިވާ ބެއިޖިންގ އޮލިމްޕިކްސް2022 ނުބޭއްވިދާނެ ކަމުގެ ބިރު ހީވާން ފަށައިފި އެވެ.
ޗައިނާއިން އޮމިކްރޯންގެ ކޭސްތައް އިތުރުވަމުން ދާއިރު ވެރިރަށް ބެއިޖިން އޮތީ ހައި އެލާޓުގައި އެވެ. އެ ސިޓީގައި ވަނީ "ޒީރޯ ކޯވިޑް" ގެ ނަމުގައި ހާއްސަ ޓާކެޓަކަށް ވާސިލްވުމަށް މަސައްކަތް ފަށާފައި އެވެ.
މި މަސައްކަތުގެ ދަށުން ބެއިޖިންގައި ކޯވިޑް ފެތުރުނަ ނުދިނުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އޭގެތެރެއިން އެންމެ ފާހަގަ ކުރެވެނީ ބަލި ޖެހިފައިވާ މީހެއް ފެނިއްޖެ ނަމަ އެތައް ހާސް ބަޔަކު ދިގު މުއްދަތަކަށް ކަރަންޓީން ކުރުމާއި ބޯޑަރުން އެތެރެވުން ހަަރިކަށި ކުރުމެވެ.
އޮމިކްރޯން ފެތުރޭތީ ޗައިނާގެ ސިޓީއެއް ކަމަށްވާ އަންޔަންގް ގައި ވަނީ ފަސް މިލިއަން މީހުން ހޯމް ކަރަަންޓީން ކޮށްފަ އެވެ.
ޗައިނާގައި ކޯވިޑް ފެތުރިދާނެތީ ވަރަށް ބޮޑަށް ބަލި ކޮންޓްރޯލް ކުރަން ފިޔަވަޅުތައް އަޅާއިރު އެންމެ ތަފާތު ކަމަކީ އެންމެ މީހަކަށް ކޯވިޑް ޖެހުނަސް އެތައް ހާސް ބަޔަކު ޓެސްޓުކޮށް އެތައް ހާސް ބަޔަކު ކަރަންޓީން ކުރާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް