ނެޓްފްލިކްސްގެ ސީރީޒް "ސްކުއިޑް ގޭމް" ގައި މުހިންމު ރޯލެއް އަދާކުރި އޯ ޔަންގ ސޫއަށް ގޯލްޑަން ގްލޯބް އެވޯޑް ލިބިއްޖެއެވެ.
އުމުރުން 77 އަހަރުގެ އޮޔަންގ ސޫއަށް މި އެވޯޑް ލިބިފައިވަނީ އާދީއްތަ ދުވަހުގައެވެ. އެވޯޑު ލިބުނީ ބެސްޓް ސަޕޯޓިންގ އެކްޓަރު ކެޓަގަރީންނެވެ.
ނެޓްފްލިކްސްއިން ރިލީޒްކުރި ސްކުއިޑް ގޭމަކީ މުޅި ދުނިޔޭގައި ބޮޑު މަގްބޫލުކަމެއް ހޯދި ސީރީޒްއެކެވެ. ރާއްޖޭގައިވެސް މި ސީރީޒްގެ މަގްބޫލުކަން ވަރަށް ބޮޑެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް