އޮމިކްރޯނަށް ހާއްސަ ވެކްސިނެއް މިދަނީ އުފައްދަމުން: ފައިޒާ

ކޮވިޑުގެ އައު ވޭރިއަންޓް، އޮމިކްރޯނަށް ހާއްސަ ވޭރިއަންޓެއް އުފައްދަމުން އަންނަކަން ފައިޒާއިން އިއުލާނުކޮށްފިއެވެ. އެގޮތުން ފައިޒާގެ ސީއީއޯ އަލްބަޓް ބޯލާ، އިއްޔެ ބުނެފައިވަނީ އޮމިކްރޯނަށް ރަނގަޅުވާނީ "...

11 Jan 2022 | 07:21

ކޮވިޑުގެ އައު ވޭރިއަންޓް، އޮމިކްރޯނަށް ހާއްސަ ވޭރިއަންޓެއް އުފައްދަމުން އަންނަކަން ފައިޒާއިން އިއުލާނުކޮށްފިއެވެ.

އެގޮތުން ފައިޒާގެ ސީއީއޯ އަލްބަޓް ބޯލާ، އިއްޔެ ބުނެފައިވަނީ އޮމިކްރޯނަށް ރަނގަޅުވާނީ "ރީ ޑިޒައިންޑް" ވެކްސިނެއް ކަމުގައި އެ ކުންފުންޏަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އެ ހާއްސަ ވެކްސިން މާރިޗް މަހުގެ ހިސާބުގައި ލޯންޗު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ އޮމިކްރޯނަށް ހާއްސަ ވެކްސިނެއް އުފެއްދުމަށް ވެކްސިން އުފައްދާ އެހެން ކުންފުންޏެއް ކަމުގައިވާ ބަޔޯއެންޓެކާއެކުވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އޮމިކްރޯން ވޭރިއަންޓާއެކު ކޮވިޑުގެ ނުރައްކާ އަނެއްކާވެސް މިވަނީ ބޮޑުވެފައެވެ. ރާއްޖެއަށްވެސް އޮމިކްރޯންގެ ނުރައްކާ ބޮޑުވެ ކޮވިޑުގެ ހާލަތު އަންނަނީ ގޯސްވަމުންނެވެ. ޕޮޒިޓިވިޓީ ރޭޓު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް